2017 ގައި ދީޕިކާ ޕަޑުކޯން ވަނީ ފުރަތަމަ ހޮލީވުޑް ޑެބިއު ފިލްމު ކުޅެފައެވެ. އެއީ "××× ރިޓާން އޮފް ޒަންޑާ ކޭޖް" އެވެ.
އޭގެ ފަހުން އަހަރުތަކެއް ފާއިތުވެފައިވާއިރު މިހާރު އަނެއްކާވެސް ދީޕިކާ ހޮލީވުޑް ފިލްމެއްގެ މަސައްކަތް ފަށަން އުޅޭކަމުގެ އަޑުތައް ވަނީ އަރާފައެވެ.
މުމްބާއީ މިރާގައި ބުނެފައިވާގޮތުގައި ދީޕިކާ ވަނީ ހޮލީވުޑްގެ ފިލްމުތަކަށް މީހުން ހޯދާ އެންމެ ބޮޑު ފަރާތްތަކާ ބައްދަލުކުރަން ނިންމާފައެވެ. ބައިނަލް އަގްވާމީ ފިލްމެއް ދެވަނަ ފަހަރު ކުޅެން އުޅޭކަން ރަސްމީކޮށް ދީޕިކާ އަދި ހާމަކޮށްފައި ނުވި ނަމަވެސް އަޑުއަރާފައިވާ ގޮތުގައި ހޮލީވުޑުން އޭނާ ބައްދަލު ކުރަން އުޅޭ ފަރާތްތަކާ ބައްދަލު ކުރުމަށްފަހު ރަސްމީކޮށް އެވާހަކަ ދައްކާނެ އެވެ.
ދީޕިކާ އެންމެ ފުރަތަމަ ކުޅުނު ފިލްމުގެ ފްރެންޗައިޒެއް ހަދާނެ ކަމަށާއި އޭގެ ސްކްރިޕްޓް ތައްޔާރުވިހާ އަވަހަށް ދީޕިކާއަށް އަންގާނެ ކަމަށް އޭރު އެ ފިލްމު ޑައިރެކްޓް ކުރި ޑިޖޭ ކަރޫސޯ ބުނެފައިވި ނަމަވެސް މިހާތަނަށް އައިއިރު އޭނާގެ ހަބަރެއް ވެފައެއް ނުވެއެވެ.
ބޮލީވުޑްގައި މިވަގުތު ދީޕިކާ އަންނަނީ ފިލްމު "ޗަޕާކް"ގެ ރިލީސްއަށް ތައްޔާރުވަމުންނެވެ. ފިލްމު ރިލީސްކުރަން ހަަމަޖައްސާފައި ވަނީ އަންނަ ޖެނުއަރީ މަހު 10ވަނަ ދުވަހުއެވެ.