ބޮލީވުޑް

ސްރީދޭވީގެ ބައޯގްރަފީއެއް ނެރެފި

ސްރީދޭވީ އަކީ އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި ގިނަ ދުވަސްތަކަކަށް ކާމިޔާބު ކަމާއެކު ފިޔަ ޖަހަމުން ދިޔަ ތަރިއެކެވެ.

އެގޮތުން އިންޑިއާގެ ސިނަމާއަށް ސްރީދޭވީ ކޮށްދިން މަސައްކަތްތަކާއި ފިލްމުތަކުން ޖާގަ ހޯދާ ފިލްމީ ދުނިޔޭގައި އުހަށް އެރުމަށް ކުރި މަސައްކަތް ހިމަނައިގެން އިއްޔެ މިވަނީ ބައޯގްރަފީއެއް ނެރެފައެވެ. މި ބައޯގްރަފީ ލިޔެފައިވަނީ މަޝްހޫރު ލިޔުންތެރިއާ ސަތްޔާތް ނަޔާކްއެވެ. "ސްރީދޭވީ: ދަ އެޓާނަލް ގޮޑެސް" ގެ ނަން ދީފާއިވާ މި ބައޯގްރަފީ ލޯންޗު ކޮށްދިނީ ފިރިމީހާ ބޯނީ ކަޕޫރާއި ސްރީދޭވީގެ އެންމެ ގާތް އެއް ޑައިރެކްޓަރު ކަމަށްވާ ގޯރީ ޝައިން އަދި ބަތަލާ ދީޕިކާ ޕަޑުކޯން އެވެެ.

މި ބައޯގްރަފީ ނެރެފައިމިވަނީ ބޯނީ މުޅި ފޮތް ކިޔުމަށްފަހު އެޕްރޫވް ކުރުމުންނެވެ.

ސްރީދޭވީ މަރުވީ މިދިޔަ އަހަރު ފެބްރުއަރީގައި ކުއްލިގޮތަކަށް ދުބާއީގައެވެ. އޭރު އޭނާގެ އުމުރުން 54 އަހަރެވެ.