ބޮލީވުޑް

ބޫމީގެ 'ދުރްގާވަތީ' ގައި އަކްޝޭ އަކީ ޕްރެޒެންޓަރު

އަކްޝޭ ކުމާރަކީ މިހާރު ބޮލީވުޑްގައި އެންމެ އުހުގައި ފިޔަޖަހާ އެއް ތަރިއެވެ. ހަމައެކަނި ބަތަލެއްގެ ގޮތުން އެކަނި އެއްވެސް ނޫނެވެ. އޭނާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް ގެ ފަރާތުން ޕްރެޒެންޓަރުގެ ރޯލުވެސް އަކްޝޭ އަދާކުރެއެވެ.

މިފަހަރު އަކްޝޭގެ ޓުވިޓަރުގައި އޭނާ މިވަނީ ފިލްމު "ދުރްގާވަތީ" ގައިވެސް ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރާނެ ވާހަކަ ހިއްސާކޮށްފައެވެ. ބުމީ ޕެޑްނޭކަރު ލީޑް ރޯލުން ފެނިގެންދާ އެ ފިލްމު ޑައިރެކްޓް ކުރަނީ އަޝޯކް އެވެ. ފިލްމަކީ ބިރުވެރި ތްރިލާއެއްކަން އަކްޝޭގެ ޕޯސްޓުގައި ވަނީ ބުނެފައެވެ.

މީގެ ކުރިންވެސް އަކްޝޭ އާއި ބޫމީ ވަނީ އެކީގައި ފިލްމެއްގައި މަސައްކަތް ކޮށްފައެވެ. އެއީ ސުޕާ ހިޓް ވެގެންދިޔަ ފިލްމު 'ޓޮއިލެޓް: އެކް ޕްރޭމް ކަތާ" އެވެެ.

މިދުވަސްވަރު ބޫމީ އިންތިޒާރު ކުރަމުން ދަނި އޭނާގެ ފިލްމު "ޕަތީ ޕަތްނީ އޯރު ވޯ" ގެ ރިލީސްއަށެވެ. ކާތިކް އާރްޔަން އަދި އަނަންޔާ ޕަންޑޭ އާއެކު ބޫމީ ފެނިގެންދާ މި ކޮމެޑީ ފިލްމު ރިލީސްކުރަން ހަމަޖެހިފައިވަނީ އަންނަ މަހު ހައެއްގައެވެ.

މީގެ އިތުރުން ވިކީ ކުޝާލް އާއެކު "ބޫތް ޕާޓް ވަން: ދަ ހައުންޓަޑް ޝިޕް" އާއި ކަރަން ޖޯހަރުގެ "ތަޚްތު" އިންވެސް ބޫމީ ފެނިގެންދާނެއެވެ.

އަކްޝޭ ގެ ގިނަ ފިލްމުތަކެއް ކުރިއަށް އެބަހުރިއެވެ. އޭގެ ތެރޭގައި "ބެލް ބޮޓަމް"، "ސޫރްޔަވަންޝީ"، ލާކްސްމީ ބޮމް" އަދި "ބައްޗަން ޕަންޑޭ" ހިމެނެއެވެ.