ރައްޔިތުންގެ މަޖިލިސް

ސިވިލް ސާވިސްގެ މެންބަރު ކަމަށް ކުރިމަތި ލުމުގެ ފުުރުސަތު ހުޅުވާލައިފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހުޅުވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުން ނެރެފައިވާ އިއުލާނުގައި ވާ ގޮތުގައި ސީއެސްސީގެ މެންބަރެއްގެ މަގާމު ހުސްވާތީ މި މަހުގެ 14 އިން ފެށިގެން 22 ވަނަ ދުވަހުގެ މެންދުރު 02:00 ގެ ނިޔަލަށް އެ ކޮމިޝަނަށް ކުރިމަތި ލުމުގެ ފުރުސަތު ވަނީ ހުޅުވައިލައިފަ އެވެ.

ސީއެސްސީގެ މެންބަރު ކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި އިގުރާރު ދޫކުރުން އަދި ފޯމާއި އިގުރާރު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އެކަމަށް ކުރިމަތުލުމަށް ދީފައިވާ މުއްދަތުގައި، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރުފަހު 2:00 އަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިންނެވެ. އަދި ފޯމާއި އިގުރާރު ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.