ބޮލީވުޑް

ކަންގްނާގެ ފިލްމު "ތަލައިވީ" ޖޫރިމަނާ ކުރުމަށް ކޯޓުން ހުއްދަ ދީފި

އިންޑިއާގެ މަގުބޫލު ސިޔާސީ ޝަހުސިއްޔަތު، ޖަޔާލަލިތާ ގެ ބައޯޕިކް "ތަލައިވީ" ގެ ފުރަތަމަ ލުކް ޓީޒާ ރިލީސްކުރުމާއެކު އެކި މީހުންގެ ފަރާތުން ލިބިގެން ދިޔައީ މިކްސް އިމޯޝަންސްތަކެކެވެ.

ބަތަލާ ކަންގްނާ ރާނޮތު ލީޑް ރޯލުން (ޖަޔާލަލީތާގެ) ރޯލުން ފެނިގެންދާ މި ފިލްމަށް މިހާރު މިވަނީ ގާނޫނީ މައްސަލަ ތަކާ ކުރިމަތިވެފައެވެ.

ޖަޔާލަލީތާއަށް ބޮޑު ދައިތަ ކިޔާ، ޖޭ ދީޕާ ދިން އިންޓަވިއުއެއްގައި ބުނީ މެޑްރާސް ހައިކޯޓުގައި ފިލްމަށް ގާނޫނީ ފިޔަވަޅު އަޅައިދިނުމަށް އެދިފައިވާކަމަށެވެ. ދީޕާ ބުނީ އޭނާ އަކީ ޖަޔާލަލީތާގެ ގާނޫނީ ވާރިސް ކަމަށާއި އޭނާގެ ބޮޑުދައިތައާ ބެހޭ ގޮތުން ފިލްމެއް ހަދާއިރު އޭނާ ގާތުން ހުއްދަ ހޯދަން ޖެހޭ ކަމަށެވެ. ނަމަވެސް ފިލްމު ހެދުމަށްވެސް އަދި ވެބް ސީރީޒް ހެދުމަށްވެސް އޭނާއަށް ގުޅާފައިނުވާ ކަމަށް ދީޕާ ބުންޏެވެ.

ފިލްމުގެ ސަބަބުން ބޮޑުދައިތަ އާއި އާއިލާގެ ސިއްރުތައް ހާމަވާނެތީ އެއީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށްވެސް ދީޕާ ބުނެފައިވެ އެވެ. އަދި ފިލްމުގެ މަސައްކަތް ކުރުމުގެ ކުރިން މުޅި ސްކްރިޕްޓް އޭނާ ކިޔުމަށް ބޭނުންވާ ކަަމަށްވެސް ބުންޏެވެ.

މިކަމާ ގުޅިގެން ފިލްމުގެ ޕްރޮޑިއުސަރާއި ޑައިރެކްޓެރު ޖޫރިމަނާކޮށް ގާނޫނީ ފިޔަވަޅު އެޅުމުގެ ހުއްދަ ދީޕާ މިހާރު ވަނީ މެޑްރާސްގެ ހޯދާފައެވެ. މީގެ އިތުރުން އޭނާގެ ބޮޑުދައިތައާ ބެހޭގޮތުން ވެބް ސީރީޒް ހަދާ ފަރާތް ކަމަށްވާ ގޯތަމް މެނޮން އަށްވެސް ނޯޓިސް ފޮނުވާފައިވާ ކަމަށް ދީޕާ ވަނީ ބުނެފައެވެ.

މި ފިލްމު އަންނަ އަހަރު ޖޫން 26އަށް ރިލީސްކުރުމަށް ތައްޔާރުވަމުން އަންނައިރު ހިންދީ، ތަމަޅަ އަދި ޓެލިނގޫ ބަހުން ރިލީސްކުރަން ހަމަޖައްސާފައިވެ އެވެ.