ސަލްމާން ޚާން އަދި ސޮނާކްޝީ ސިންހާގެ ފްރެންޗައިޒް ފިލްމު ދަބަންގް ގެ ތިންވަނަ ފިލްމަށް ބެލުންތެރިން އިންތިޒާރު ކުރަމުން އަންނަތާ މިވަނީ ދުވަސްތަކެއް ވެފައެވެ. ފިލްމުގެ ޓްރެއިލާ ރިލީސްކުރުމާއެކު ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވާއިރު ފިލްމުގެ ލަވަތައްވެސް އަންނަނީ ޗާޓު ތަކުން މަތީ ރޭންކުތައް ހޯދަމުންނެވެ.
ފިލްމުގެ މަގުބޫލު ލަވައެއް ކަމަށްވާ "މުންނާ ބަދްނާމް ހުވާ" ގެ ޓީޒާ ސަލްމާން މިވަނީ އޭނާގެ އިންސްޓަގްރާމުގައި އިއްޔެ ރިލީސްކޮށްފައެވެ.
ސަލްމާންގެ ޔުނީކް ނެށުމުގެ ސްޓައިލް ލަވައިގެ ޓީޒާއިން އެކަނިވެސް ފެނިގެންދާއިރު ލަވައިގައި ސަލްމާނާއެކު ޕްރަބޫ ދޭވާގެ ނެށުމުގެ މޮޅުކަން ފެނިގެން ދެއެވެ. ލަވައިގައި ވަރީނާ ހުސެއިންވެސް ފެނިގެންދެއެވެ.
މި ފިލްމަކީ ސަލްމާން، އަރްބާޒް އަދި ނިކިލް ދިވޭދީ ޕްރޮޑިއުސްކުރާ، ޕްރަބޫދޭވާ ޑައިރެކްޓް ކުރާ ފިލްމެކެވެ. ފިލްމު ރިލީސްކުރަނީ އަންނަމަހު 20ގައެވެ.