ބްރޯޑްކާސްޓިން ކޮމިޝަން

ސެޓްލިންކް އިން ގާނޫނާއި ގަވާއިދާ ހިލާފުވެފައެއް ނުވޭ: ބްރޯޑްކޮމް

1

ސެޓްލިންކް ޕްރައިވެޓް ލިމިޓެޑުން ގާނޫނާއި ގަވާއިދާ ހިލާފުވެފައިވާ ނުވާ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމައިފިއެވެ.

ސެޓްލިންކް ޕްރައިވެޓް ލިމިޓެޑުން ހއ. ވަށަފަރުގައި ލައިސަންސް ނެތި، ގާނޫނާއި ގަވާއިދާ ހިލާފަށް ރީބްރޯޑްކާސްޓް ކުރާ ކަމަށް ބެލެވޭތީ ބްރޯޑްކޮމް އިން ވަނީ އެ މައްސަލަ ބަލައިފައެވެ.

ބްރޯޑްކޮމްއިން ފާހަގަކޮށްފައިވާ ގޮތުގައި ސެޓްލިންކް ޕްރައިވެޓް ލިމިޓެޑުން ވަށަފަރުގައި ދެމުންދަނީ އިންޓަނެޓްގެ ހިދުމަތްކަމުގައި ބަޔާންކޮށްފައިވާ ކަމަށާއި އެ ކުންފުނިން ވަށަފަރުގައި ދޭ ހިދުމަތަކީ އިންޓަނެޓްގެ ހިދުމަތް ކަމަށް ވަށަފަރު ކައުންސިލުން ވެސް މައުލޫމާތު ދީފައިވާ ކަމަށެވެ.

މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑާ ގުޅިގެން ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ސެޓްލިންކް ޕްރައިވެޓް ލިމިޓެޑުން ބުނެފައިވާ ކަމަށް ވެސް ބްރޯޑްކޮމްއިން ބުންޏެވެ.

ސެޓްލިންކް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ވަށަފަރުގައި ދެމުންދަނީ އިންޓަނެޓްގެ ހިދުމަތް ކަން ކޮމިޝަންގެ ތަހުގީގުން އެނގެން އޮތަތީ، އެކަމަކީ ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތަކަށް ނުވާތީ، ސެޓްލިންކް ޕްރައިވެޓް ލިމިޓެޑުން ގާނޫނާއި ގަވާއިދާ ހިލާފުވެފައިވާ ކަމަށް ބެލޭނޭ ޖާގައެއް ނެތް ކަމަށް ވެސް ބްރޯޑްކޮމްގެ ނިންމުމުގައި ބުނެފައިވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟