ބޮލީވުޑް

ސާރާ އާއި ޝުޝާންތުގެ ކެމިސްޓްރީ މި ލަވައިން

ކެދަރުނާތު ފިލްމްގެ "ސްވީޓްހާޓް" ލަވަ އަކީ ސާރާ އަލީ ޚާން ބޮލީވުޑަށް އެންމެ ފުރަތަމަ ނުކުތުމަށް ކުޅުނު ލަވައެވެ.

އިއްޔެ ރިލީސް ކުރި މި ލަވައިގައި ސާރާ އާއި ޝުޝާންތު ސިންގް ރާޖްޕުތު ކުލަގަދަ ހެދުމުގައި ބްރައިޓް ކުލަތަކުގެ ތެރޭގައި ނަޝާތަން ފެނެއެވެ.

ލަވަ އަކީ އަމިތު ތުރިވެދީ ކޮމްޕޯސްކޮށްފައިވާ ލަވައެކެވެ. ލަވައިގެ ވޯކަލްސް ހެދީ ދޭވް ނެގީއެވެ.

ފިލްމުގެ ޑައިރެކްޓަރު އަބީޝެކް ކަޕޫރު މި ލަވަ ރިލީސް ކުރުމަށްފަހު އުންމީދު ކުރަމުން ދަނީ ފިލްމުގެ ޓީޒާ އާއި ޓްރެއިލާ އިން ލިބުނު ބޮޑު ތަރުހީބަކާ ފިލްމުގެ ލީޑް ރޯލުގައި ފެނިގެންދާ މި ދެތަރިންގެ ކެމިސްޓްރީ ފޭނުންނަށް ބަލައިގަނެވޭނެ ކަމަށެވެ.

ފިލްމުން ފުރަތަމަ ރިލީސް ކުރި ލަވަ "ނަމޯ ނަމޯ" ގައި ހަމައެކަނި ފެނިގެން ދިޔައީ ޝުޝާންތެވެ.

ފިލްމަކީ 2013 ވަނަ އަހަރު ހަލާކުވެގެން ދިޔަ އިންޑިއާގެ ކެދަރުނާތު ޓެމްޕަލްއާ ގުލުވައިގެން ހަދާފައިވާ ލަވް ސްޓޯރީއެކެވެ.