ކައިވެންޏަށް އެއްއަހަރުވާން ކައިރި ވެފައިވާއިރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ (ޕީސީ) ފިރިމީހާ ނިކް ޖޯނާސްއަށް މިވަނީ ޕްރީ ވެޑިން އެނިވާސަރީ ހަދިޔާއަކަށް ޖާމަން ޝެޕާޑް ޕަޕީއެއް ދީފައެވެ، އެއަށް ކީ ނަމަކީ ޖިނޯއެވެ.
ލިބުނު ހަދިޔާ ނިކް ހިއްސާ ކުރީ މީސް މީޑިއާގައެވެ. އެގޮތުން އެ ޕަޕީގެ ވީޑިއޯއެއް ހިއްސާކުރުމަށްފަހު ނިކް ލިޔުނު ކެޕްޝަނުގައި ބުނީ އޭނާ ހޭލި އިރު ލިބުނީ ސަޕްރައިޒެއް ކަމަށާއި އެކަމާ ވަރަށް އުފާވި ކަމަށެވެ. އަދި އެކަމަށް ޓަކައި އަންހެނުންނަށް ޝުކުރު އަދާކުރާ ކަމަށެވެ.
ނިކްގެ ޕޯސްޓަށް ޕީސީ ކުރި ކޮމެންޓްގައި ބުނެފައިވަނީ "ހެޕީ އޯލްމޯސްޓް އެނިވާސަރީ ބާބޫ.. ޔުއާ ފޭސް ހިލޭރިއަސް" މިހެންނެވެ.
ޕީސީގެ މިކޮމެންޓުން އޭނާ ނިކްއަށް މުހާތަބު ކުރަނީ "ބާބޫ" ކިޔައިގެންކަން ހާމަވެގެންދެއެވެ. އަދި ދެތަރިންގެ ފޭނުން ވަނީ މިއީ އިންޑިއާއިން ބޭރު ލަވަކިޔުންތެރިއަކަށް ދޭން ސަޅި ދޭސީ ވަނަމެއް ކަމަށް ބުނެ ތައުރީފުކޮށްފައެވެ.
ޕީސީ މިއަހަރު ފެނިގެން ގޮސްފައިވަނީ އެއް ފިލްމުންނެވެ. އެއީ އޮންޓޯބަރުގައި ރިލީސް ކުރި ފިލްމު "ދަ ސްކައި އިސް ޕިންކް" އިންނެވެ.
ނިކް ދެން އެންމެ އަވަހަށް ފެނިގެންދާނީ ފިލްމު "ޖުމާންޖީ" އިންނެވެ.