އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސްގެ މަގާމަށް އެ ކޮމިޝަންގެ މެންބަރު، އަހުމަދު އަކުރަމް އިންތިހާބުކޮށްފިއެވެ.
އީސީން މިއަދު ބުނީ ނައިބު ރައީސްގެ މަގާމަށް އަކުރަމް އިންތިހާބުކުރީ އެ ކޮމިޝަނުން މިއަދު ބޭއްވި 16 ވަނަ ކުއްލި ޖަލްސާގައި ކަމަށެވެ.
އީސީއަށް އާ ނައިބު ރައީސަކު އައްޔަންކޮށްފައި މިވަނީ އެ ކޮމިޝަންގެ ނައިބު ރައީސް، އަމްޖަދު މުސްތަފާގެ ދައުރު މިއަދު ހަމަވުމާ ގުޅިގެންނެވެ. އޭގެ އިތުރުން މިއަދުގެ ކުއްލި ޖަލްސާގައި އީސީގެ ކުރީގެ ރައީސް، ފުއާދު ތައުފީގު މެންބަރުކަމަށް ހޮވުމުން މަރުހަބާ ދަންނަވާފައިވާ ކަމަށް އީސީން ބުންޏެވެ.