ބްލައިންޑް ފުޓުބޯޅަ

ރާއްޖެއަށް ބްލައިޑް ފުޓުބޯޅަ ތައާރަފުކޮށްފި

ފެނުމުން މަހުރޫމުވެފައިވާ ފަރާތްތަކަށް ހާއްސަކޮށްގެން ކުޅޭ ބްލައިންޑް ފުޓުބޯޅަ ރާއްޖެއަށް ތައާރަފުކޮށްފިއެވެ.

ބްލައިންޑް ފުޓުބޯޅަ ތައާރަފުކޮށްފައިވަނީ އިއްޔެ އެފްއޭއެމް ހައުސްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހުލޫފާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް ވިދާޅުވީ ފީފާއާއި އޭއެފްސީން ވެސް ބްލައިންޑް ފުޓުބޯޅައަށް ހާއްސަ އިސްކަމެއް ދޭ ކަމަށާއި ރާއްޖޭގައި ބްލައިޑް ފުޓުބޯޅަ ތަރައްގީކުރުމަށް މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީއާއި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްއަށް އެ އެސޯސިއޭޝަނުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.

ބްލައިޑް ފުޓުބޯޅަ ތައާރަފުކޮށް، އެ މަސައްކަތުގައި ކޯޗުންގެ ގޮތުގައި މަސައްކަތްކުރާނީ ކުރީގެ ދެ ގޯލްކީޕަރުން ކަމަށްވާ ހުސައިން ހަބީބާއި މުހައްމަދު ޝިނާން (ނާނި) އެވެ.

ބްލައިންޑް ފުޓުބޯޅައިގައި ބޭނުންކުރާ ހާއްސަ ބޯޅަ ވެސް މިހާރު ރާއްޖެއަށް ވަނީ ގެނެސްފައެވެ.