މަޖިލީހުގެ ރައީސް

މަރުކަޒުން ނެގި ކުދިންތަކެއް ހަނގުރާއަށް ފޮނުވަން ހަރުކަށި ޖަމާއަތަކުން ވަނީ މަސައްކަތް ކޮށްފައި: ނަޝީދު

އިބްރާހިމް ޒަކީ

ކުޑަކުދިންގެ މަރުކަޒުން ކުދިންތަކެއް ނަގައިގެން ހަނގުރާމައަށް ފޮނުވަން ހަރުކަށި ފިކުރުގެ ދީނީ ޖަމާއަތަކުން ހުސްވި ހަފުތާގައި މަސައްކަތް ކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މިހެން ވިދާޅުވީ، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރާއްޖޭގައި އުޅޭ، ބޭރަށް މީހުުން ހަނގުރާމައަށްް ފޮނުވާ ދީނީ ހަރުކަށި ޖަމާއަތްތަކާބެހޭ ބައެެއް މައުލޫމާތު މަޖިލިސް މެންބަރުންނަށް ދެއްވަމުންނެވެ.

މަޖިލިސް ރައީސް ވިދާޅުވީ، ކުޑަކުދިންގެ މަރުކަޒުން ކުދިންތަކެއް ނަގައިގެން ދީނީ ހަރުކަށި ޖަމާއަތަކުން ހަނގުރާމައަށް ފޮނުވަން އުޅޭކަން އެނގުނީ މި ދިޔަ ހަފުތާގައި ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ކަމަށެވެ. ނަމަވެސް އެއީ ކޮން ޖަމާއަތެއްކަމެއް މަޖިލިސް ރައީސް ވިދާޅެއް ނުވެއެވެ.

"ކޮމިޓީއަށް މިދިޔަ ހަފުތާގައި އެނގުނީ ކުޑަކުދިންނާ ގުޅޭ މަރުކަޒަށް ހަމަ އެ ޖަމާއަތްތަކުން ބަޔަކު ގޮސް އެތަނުން ކުދިން ހޯދައިގެން އެކުދިންވެސް އަނެއްކާ ވެސް ހަނގުރާމައަށް ރާއްޖޭން ބޭރަށް ފޮނުވުމުގެ މަސައްކަތްކުރީ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

މަޖިލިސް ރައީސް ވިދާާޅުވީ، ރައްޔިތުންގެ މަޖިލީހުން މަަަސައްކަތް ކުރަނީ އެކަންތައްތައް ހުއްޓުވަން ކަމަށެވެ. އަދި އެފަދަ ކަންތައްތަކަށް ލޯމަރާލައިގެން އެއްވެސް ބަޔަކު ތިބެގެން ނުވާނެ ކަމަށާއި، މަޖިލިސް މަސައްކަތްކުރަނީ އިސްލާމް ދީނާއި ދިވެހިންގެ އަގީދާ އާއި ދިވެހިންގެ ގޮތް ރާއްޖޭގައި އަށަގެންނެވުމަށް ކަމަށްވެސް ވިދާޅުވިއެވެ.