މާލޭ ސިޓީ ކައުންސިލް

ދަތުރުވެރިންގެ މާރުކޭޓު ބަންދު ކޮށްފައިވާތީ ސިޓީ ކައުންސިލް މެންބަރުން ކޮމިޓީއަށް ހާޒިރު ކުރަނީ

އިބްރާހިމް ޒަކީ

މާލޭގެ ދަތުރުވެރިންގެ މާރުކޭޓް ބަންދު ކޮށްފައިވާ މައްސަަލައިގައި، މާލޭ ސިޓީކައުންސިލްގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ، މާރުކޭޓު ބަންދު ކޮށްފައިވާތީ ދަނޑުވެރިންނާއި ވިޔަފާރިވެރިންނަށް ގެއްލުން ވަމުންދާ މައްސަލަ ބަލައި ދިނުމަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން މާލޭ ސިޓީކައުންސިލުގެ މެންބަރުން ހާޒިރު ކުރަން ހަމަޖައްސާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް ކަމަށެވެ.

އެ ކޮމިޓީއަށް ކައުންސިލް މެންބަރުން ހާޒިރު ކުރަން ހަމަޖައްސާފައިވަނީ މިއަދު 11:00 ގައި ބާއްވާ ކޮމިޓީގެ ބައްދަލުވުުުމަށެވެ.

މަރާމާތަށް މާރުކޭޓު ބަންދުކޮށްފައި ހުންނަތާ ގިނަ ދުވަސްތަކެއް ވެފައިވާ މައްސަލައިގައި ގިނަބައެއްގެ ފާޑުކިޔުން ވަނީ މާލޭ ސިޓީކައުންސިލަށް އަމާޒުވެފައެވެ.