ވިޔަފާރި

ބޮޑެތި އިނާމު ތަކަކާއެކު އެސްޓީއޯ އިޔަރ އެންޑް ސޭލް ފަށައިފި

މަރިޔަމް ޝަހުދާ

އެސްޓީއޯ އިން ކޮންމެ އަހަރު ބާއްވަމުން އަންނަ އިޔާ އެންޑް ސޭލް މިއަހަރުވެސް ބޮޑެތި އިނާމުތަކަކާ އެކު ފަށައިފިއެވެ.

އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެސްޓީއޯގެ މިއަހަރުގެ އިޔާ އެންޑް ސޭލް އިފްތިތާހުކޮށްދެއްވާފައި ވަނީ އެސްޓީއޯގެ ރިސްކް ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރު މުހައްމަދު މުރާދުއެވެ. މި ސޭލްއަކީ އެސްޓީއޯގެ ހުރިހާ ފިހާރަތަކެއް ހިމެނޭ ގޮތަށް ކުރިއަށް ގެންދާ ސޭލެއް ކަމަށް އެސްޓީއޯ އިން މައުލޫމާތު ދެއެވެ.

މި ސޭލްގައި %50 އާ ހަމަޔަށް ޑިސްކައުންޓް ލިބުމުގެ އިތުރުން ބޮޑެތި އިނާމުތައް ލިބުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެސްޓީއޯއިން މައުލޫމާތު ދެއެވެ. އެގޮތުން އެއްވަނަ އިނާމަކަށް ދެ މީހަކަށް ހުރުމާއެކު ޗެންނާއީ ދެކޮޅު ޓިކެޓު ހުށަހަޅާފައި ވެއެވެ. ދެވަނަ އިނާމަކަށް ފުވައްމުލަކު ދެކޮޅު ޓިކެޓު ހުރުމާއެކު އަދި ތިންވަނަ އިނާމަކަށް އައިފޯނު 11އެއް ހުށަހަޅާފައި ވެއެވެ.

މި ސޭލް ކުރިއަށް ގެންދިޔުމަށް ހަމަޖައްސާފައިވަނީ އަންނަ ޑިސެމްބަރު 31ގެ ލިޔަލަށެވެ.