ވިޔަފާރި

އެކުއަ ވިޓާ ރެސިޑެންސްގެ ޝޯ އެޕާޓްމަންޓް ހުޅުވައިފި

އާނިފާ ހުސެއިން ސިރާޖް

ލަގްޒަރީ އެޕާޓްމަންޓުތަކަކާއެކު އެކުއަ ވިޓާ ރެސިޑެންސްގެ ޝޯ އެޕާޓްމަންޓް ހުޅުމާލޭގައި ހުޅުވައިފިއެވެ.

މިއީ ވިޓާ ރެސިޑެންސުގެ އެޕާޓްމަންޓުތައް ޑިޒައިންކޮށް ފަރުމާކޮށްފައިވާގޮތް ދައްކާލުމަށް ތައާރަފުކުރި ޝޯ އެޕާޓްމަންޓެކެވެ. މި ޝޯ އެޕާޓްމަންޓު ހުޅުވައިދެއްވީ ދެއްވީ އަވައްޓެރި ސްރީލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެވެ.

މި އެޕާޓްމަންޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަށްފަހު ބައިވެރިންނަށް ވަނީ އެޕާޓްމަންޓު ދައްކާލުމަށް ޓުއާއެއް ދީފައެވެ. މި އެޕާޓްމަންޓުގެ އެތެރޭގެ ލިވިންގރޫމްތަކުގެ ޖާގަ މިހާރު ރާއްޖޭގެ މާކެޓުގައި ހުންނަ އެހެން އެޕާޓްމަންޓުތަކަށްވުރެ ބޮޑުވާނެ ކަމުގައި ވިޓާ ރެސިޑެންސުން މައުލޫމާތުދެއެވެ.

ވިޓާ ރެސިޑެންސުން ބުނީ އެޕާޓްމަންޓުގެ ފަރުނީޗަރު ކޮލިޓީ އަދި ޑިޒައިން ކޮށްފައި ހުންނާނީ އެންމެ ރަނގަޅު މެޓީރިއަލްސް އަދި ޓެކްނޮލޮޖީއާ އެކު ކަމަށެވެ. އެކުއަ ވިޓާ ރެސިޑެންސްގެ މެނޭޖިން ޑިރެކްޓަރު ވަނީ މި އެޕާޓްމަންޓުތައް ދައްކާލުމުގެ ތެރެއިން އެޕާޓްމަންޓް އިމާރާތްކުރުމުގެ ޕްރޮސެސް ކުރިއަށްގޮސްފައިވާ ހިސާބާއި، އެޕާޓްމަންޓު އިމާރާތްކުރުމުގައި ގާއިމުކޮށްފައިވާ ސްމާޓް ޓެކްނޮލޮޖީއާ ބެހޭގޮތުން ބައިވެރިންނަށް މައުލޫމާތު ދެއްވާފައެވެ.

މިއީ ފަތުރުވެރިކަން ކުރިއެރުވުމަށް އަމާޒުކޮށް ހުޅުމާލޭގައި ފަރުމާކޮށްފައިވާ ލަގްޒަރީ އެޕާޓްމަންޓުތަކެކެވެ. މީގެތެރޭފައި ޖުމުލަ 14 ބުރީގެ 104 ޔުނިޓު އެޕާޓްމަންޓު ހިމެނޭ ކަމަށާއި މި މަސައްކަތް އަންނަ އަހަރުގެ މޭމަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ލަފާކުރާކަމަށް ވިޓާ ރެސިޑެންސުން މައުލޫމާތުދެއެވެ.