ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

އިސްލާމިކް ޔުނިވާސިޓީގެ ޗާންސަލާގެ މަގާމުން ޝަހީމް މާދަމާ އިސްތިއުފާ ދެއްވަނީ

2

އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާގެ މަގާމުން ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މާދަމާ އިސްތިއުފާ ދެއްވަން ނިންމަވައިފިއެވެ.

އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާގެ މަގާމުން ޝަހީމް އިސްތިއުފާ ދެއްވަން ނިންމަވާފައިވާ އިރު، ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ރަނިންމޭޓުގެ ގޮތުގައި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވީ އެ މަގާމުން އިސްތިއުފާ ނުދެއްވައެވެ.

އެ މަގާމުން އިސްތިއުފާ ދެއްވުމުގެ ކުރިން ޝަހީމް ވަނީ އިސްލާމިކް ޔުނިވާސިޓީގެ ތަރައްގީއާއި ކުރިއެރުމަށްޓަކައި ކުރި މަސައްކަތްތަކަށް އެ ޔުނިވާސިޓީގެ ކައުންސިލަށާއި ސްޓޫޑަންޓް ޔޫނިއަނަށް ޝުކުރު ދަންނަވައިފައެވެ.

ޝަހީމަކީ ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ އިސްލާމިކް މިނިސްޓަރެވެ. މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވުމަށްފަހު ދެން ހަވާލުވެވަޑައިގެންނެވި އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާގެ މަގާމަކީ ވެސް މިނިސްޓަރު ފެންވަރުގެ މަގާމެކެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟