ނިކިލް އަދްވާނީ އާއެކު ބީ ޓައުން އެކްޓަރު އަކްޝޭ ކުމާރު ވަނީ އޭނާގެ އެންމެ ފަހުގެ ޕްރޮޖެކްޓް "ބެލް ބޮޓަމް" އިއުލާންކޮށްފައެވެ.
ފަހުގެ ހަބަރުތައް ބުނާ ގޮތުގައި އަކްޝޭ މިވަނީ އިތުރު އެހެން ފިލްމެއްގެ މަސައްކަތްވެސް ފަށަން ނިންމާފައެވެ. އެގޮތުން ޓެލިނގު ފިލްމެއް ކަމަށްވާ "ބާގަމަތީ" ގެ ހިންދީ ރީމޭކުގެ ކޯ ޕްރޮޑިއުސަރުކަން އަކްޝޭ ވަނީ ނަގާފައެވެ.
ރ. މާދަވަން އަދި ބޫމީ ޕެޑްނޭކަރު ލީޑް ރޯލުން ފެނިގެންދާ މި ފިލްމު ޑައިރެކްޓް ކުރަނީ ތަމަޅަ ފިލްމުގެ ޑައިރެކްޓްކުރި އަޝޯކް އެވެ.
ފިލްމުގައި އަކްޝޭގެ ހާއްސަ ފެނިލުމެއްވެސް ހިމެނެއެވެ. ފިލްމުގެ ޝޫޓިން އަންނަ މަހު ފަށާނެއެވެ.
ތަމަޅަ ސުޕާ ހިޓް، މި ފިލްމަކީ އަންހެން އައިއޭއެސް އޮފިސަރެއް ނާމާން ގެއެއްގައި ހައްޔުކޮށްފައި ހުންނަ ވާހަކައަކަށް ހަދާފައިވާ ފިލްމެކެވެ. ފިލްމުގައި އެ އައިއޭއެސް އޮފިސަރަށް ޖިންނި އަވަލައެވެ.