ބޮލީވުޑަކީ އެމީހުންގެ ހުނަރުގެ އިތުރުން ރީތި ކަމަށް ބެއްޔަސް އެންމެ ރީތި އެކްޓަރުން ތިބި ތަނެވެ. މީގެ ތެރެއިން ގިނަ ތަރިންނާ ވައްތަރު މީހުން އަބަދުހެން މީސް މީޑިއާގައި ދައުރުވަމުންދާއިރު، މި ތަަރީންނާ އެމީހުންގެ ދަރީން ވައްތަރީ ކިހާ ވަރަކަށް ހެއްޔެވެ؟
މި އާޓިކަލިގައި މިބަލައިލާ ތަރިންނާ އެމީހުންގެ ދަރިންގެ އެއްގޮތްވަނީ ހަމައެކަނި ނަމެއްނޫނެވެ. އެމީހުންގެ ސިފަވެސްމެ އެވެ.
ބޮލީވުޑްގެ އެންމެ އުހުގައި ފިޔަޖަހާ އެއް ތަރި ޝާހުގެ އެންމެ ހަގު ދަރިފުޅު އަބްރަހަމްގެ އުޅުން އެއްގޮތް ވުމުގެ އިތުރުން ދެމީހުންވެސް އެހާމެ ވައްތަރެވެ. ހަ އަހަރުގެ އަބްރަހަމް ބައްޕައާ ވައްތަރު ކަމުން ގިނަ ބައެއްގެ ހިތްތަކުން ވަނީ ޖާގަ ހޯދާފައެވެ. ދެމީހުން އެއްގޮތް ފޮޓޯތައް ދޭތެރެ ދޭތެރެއިން މީސް މީޑިއާއިންވެސް ފެނިގެންދެއެވެ.
ޝާހިދުގެ ހަގު ފިރިހެން ދަރިފުޅާ އޭނާ ކުޑައިރުގެ ފޮޓޯއެއް ބަލައިލުމުން ދެމީހުން ވަކިނުވާހާ ވައްތަރެވެ. އެއް އަަހަރުގެ ޒެއިންގެ ފޮޓޯއަކާ އޭނާގެ ބައްޕަ އެއް އަހަރުގެ ފޮޓޯއެއް ކައިރި ކުރުމުން އެކަން ހާމަވެއެވެ. ޝާހިދު މިވަނީ އަމިއްލައަށް އެފޮޓޯ ހިއްސާކޮށް ދެމީހުންގެ ހުރި ތަފާތު ހޯދުމަށް މީސް މީޑިއާއާ ހަވާލުކޮށްފައެވެ.
ޕަތައުޑީ އާއިލާ އަކީ ރީތީ ޖީންއެއް އަދި ހުނަރުވެރިކަން ލިބިފައިވާ އާއިލާއެކެވެ. އެގޮތުން ސައިފްގެ ފަރާތުން އޭނާގެ ހަގު ފިރިހެން ދަރިފުޅަށް ވާރުތަވެފައިވަނީ އެ ރީތިކަމެވެ. އާންމުގޮތެއްގައި ސައިފް ކުރާ ކަންތައްތައް ކޮޕީ ކުރާ ޓައިމުރުގެ ކުޑައިރުގެ ފޮޓޯތައް ސައިފާ ވަރައް ވައްތަރެވެ.
އަޔުޝްމަން ކުރާނާ އަކީ މިފަހަކަށް އައިސް ބީޓައުންގައި އެންމެ ނަން ހިނގާ އެއް ތަރިއެވެ. އޭނާ މިވަނީ ވަރަށް ފަހުން އޭނާގެ ބައްޕަ އާއި އޭނާގެ ކުޑައިރުގެ ފޮޓޯއެއް އެކީގައި ހިއްސާކޮށްފައެވެ. ފޮޓޯއިން ހަމަގައިމުވެސް ދެމީހުން ވަކި ކުރަން ފަސޭހަ ނޫންހާ ވައްތަރެވެ.
ޓައިގާ އާއި ޖެކީގެ ކުޑައިރުގެ ފޮޓޯ މީސް މީޑިއާގައި ހިއްސާކުރީ ޖެކީއެވެ. ފޭނުން އަންނަނީ މިދެބަފައިންގެ އެއްގޮތްކަމަށް ގިނަ ކޮމެންޓްތަކެއް ކުރަމުންނެވެ.