ރާއްޖޭގެ އުތުރުގެ ރަށެއްގެ ސްކޫލެއްގެ ޕްރިންސިޕަލަކު ދަރިވަަރަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
''ވަން އޮންލައިން'' އަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މިދިޔަ ހޯމަ ދުވަހު ފުލުހުންގެ އިދާރާއަށް މިފަދަ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި މައްސަލަ މިހާރު ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ޔަގީންކޮށްދެއްވި އެވެ.
މި މައްސަލައާ ގުޅިގެން އިތުރު ތަފްސީލެއް މީޑިއާއާ ހިއްސާ ކުރެވެން ނެތް ކަމަށް ފުލުހުން ބުނެއެވެ.
ޖެންޑާ މިނިސްޓްރީން ވެސް ވަނީ މި މައްސަލަ އެ މިނިސްޓްރީއަށް ހުށަހަޅާފައިވާކަން ''ވަން'' އަށް ކަށަވަރުކޮށްދީފައެވެ.
މި މައްސަަލައާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.
މިފަދަ މައްސަލަތަކުގައި ކުއްޖާގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި، ކުއްޖާގެ އަތޮޅާއި ރަށް ފަދަ މައުލޫމާތު އެނގޭފަދަ އެއްވެސް މައުލޫމާތެއް އާންމެއް ނުކުރާނެ އެވެ.