އިބްރާހިމް ޒަކީ
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (އެމްބީސީ) ގެ މެންބަރުކަމަށް ދެ މެންބަރަކު އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ނަންތައް ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފި އެވެ.
ބްރޯޑްކޮމްއަށް މެންބަރުން އައްޔަން ކުރަން ރައީސުލް ޖުމްހޫރިއްޔާ މަޖިލީހަށް ނަންތަކެއް ފޮނުއްވާފައި ވަނީ، ބްރޯޑްކޮމްގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ޝަހީބު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނާއި ނައިބުރައިސް ކަމުގެ މަގާމުގައި ހުންނެވި ފާތިމަތު ޒައިނާ މަގާމުން ވަކި ކުރުމާ ގުޅިގެން ދެ މެންބަރުންގެ މަގާމު ހުސްވެފައިވާތީއެވެ.
ޝަހީބު އިސްތިއުފާ ދެއްވުމާ ގުޅިގެން، މެންބަރަކު އައްޔަން ކުރުމަށް ރައީސް ފޮނުއްވި ނަންތައް:
ޒައިނާ އިސްތިއުފާ ދެއްވުމާ ގުޅިގެން، މެންބަރަކު އައްޔަން ކުރުމަށް ރައީސް ފޮނުއްވި ނަންތައް:
ހަތް މެންބަރުން ހިމެނޭ ބްރޯޑްކޮމްގައި މިވަގުތު ތިއްބެވީ، ތިން މެންބަރުންނެވެ.
ބްރޯޑްކޮމްއަށް އިތުރު ދެ މެންބަރަކު އައްޔަން ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުއްވި ނަންތަކެއް ދިރާސާ ކުރުމުގެ މަަސައްކަތް މިހާރުވެސް އެ ކޮމިޓީން ކުރިއަށް އެބަ ގެންދެއެވެ. އޭގެ ތެރެއިން ކޮމިޓީން ބޭނުންވާ ފަރާތްތަކާ މިހާރު ވަނީ އިންޓަވިއުވެސް ކޮށްފައެވެ.