އަޖޭ ދޭވްގަންގެ 100 ވަނަ ފިލްމަކަށް ވާނީ ކުރިއަށް ރިލީސްވާން އޮތް ފިލްމު "ތަންހާޖީ: ދަ އަންސަންގް ވޮރިއާ" އެވެ.
100 ވަނަ ފިލްމާ ގުޅިގެން ފިލްމުފެއާ އަށް ދިން އިންޓަވިއުއެއްގައި އަަޖޭ ވަނީ އޭނާ އެންމެ ފުރަތަމަ ކުޅެފައިވާ ފިލްމު "ޕޫލް އޯރު ކާންޓޭ" ގެ ރީމޭކެއް ހަދަން ބޭނުންކަމަށް ބުނެފައެވެ.
"އަހަރެން ބޭނުން ވަނީ އެންމެ ފުރަތަމަ ކުޅުނު ފިލްމުގެ ރީމޭކެއް ހަދަން. އެއީ 1991 ގައި ރިލީސްވި ފިލްމު ޕޫލް އޯރު ކާންޓޭ. އެ ފިލްމު ބޭނުންވަނީ މިހާރުގެ ޖީލާ ގުޅޭ ގޮތަށް ބަދަލު ގެނެސްގެން ހަދަން." ފިލްމުފެއާ އަށް ދިން އިންޓަވިއުގައި އަޖޭ ބުންޏެވެ.
އަޖޭ އިތުރަށް ބުނީ ފިލްމު ޕްރޮޑިއުސް ކުރަން އިތުރު ޕްރޮޑިއުސަރެއްވެސް ބޭނުންވާ ކަމަށެވެ.
"ފިލްމަށް ކޯ ޕްރޮޑިއުސަރެއް ބޭނުންވޭ. އެއަށް އާމޫނެއް މި ހޯދަނީ." އަޖޭ ބުންޏެވެ.
އަޖޭގެ 100 ވަނަ ފިލްމު ތަންހާޖީ ދަ އަންސަންގް ވޮއިއާ ރިލީސްވާނީ އަންނަ ޖެނުއަރީގައެވެ.