ބޮލީވުޑް

ރަހްމަތްތެރިއެއްގެ ކައިވެނީގައި ރަންވީރު ރެޕް ކުރާ ވީޑިއޯއެއް

ރަންވީރު ސިންގް އަދި ދީޕިކާ ޕަޑުކޯން ބެންގަލޫރުގައި ކުރިއަށްދާ އެމީހުންގެ ގާތް ރަހްމަތްތެރިއެއްގެ ކައިވެނީގެ ހަފްލާތަކުގައި ދަނީ ބައިވެރިވަމުންނެވެ.

އެ ހަފްލާގެ އެތައް ފޮޓޯ އާއި ވީޑިއޯތައް ދަނީ މީސްމީޑިއާގައި ދައުރުވަމުންނެވެ. އެގޮތުން މިވަގުތު އެންމެންގެ މަގްބޫލުކަން ލިބިފައިވަނީ އެކައިވެނީގެ ހަފްލާއެއްގައި ރަންވީރު ރެޕް ކުރާ ވީޑިއޯއަކަށެވެ.

ވީޑިއޯގައި ފެނިގެންދަނީ ރަންވީރު ކުރިން ކުޅެފައިވާ ފިލްމު ގަލީ ބޯއީގައި އޭނާ ރެޕް ކުރާ ލަވަ "އަޕްނާ ޓައިމް އާޔޭގާ" އަށް ރަންވީރު ސްޓޭޖުގައި ރެޕްކުރާ ތަނެވެ.

ފިލްމު ގަލީ ބޯއީގައި ރަންވީރު ވަނީ އަމިއްލައަށް ލަވަ ކިޔާ ރެޕް ކޮށްފައެވެ. އެ ފިލްމަށް ވަނީ ބޮޑު ކާމިޔާބީއެއްވެސް ލިބިގެން ގޮސްފައެވެ.

ރަންވީރުގެ ފިލްމަކަށް ދެން އެންމެ އަވަހަށް ރިލީސްވާނީ ކަބީރު ޚާންގެ ސްޕޯޓްސް ޑްރާމާ ފިލްމު "83" އެވެ. ފިލްމުގައި ރަންވީރު އާއެކު އަންހެނުން ދީޕިކާވެސް ލީޑް ރޯލުން ފެނިގެން ދާނެއެވެ.