ހައުސިން މިނިސްޓްރީ

ސަރުކާރުން ފަށާފައިވާ އެއްވެސް ހައުސިން މަޝްރޫއެއް ނިމިފައެއް ނެތް: ޓްރާންސިޝަން ކޮމިޓީ

އަހުމަދު ޖައިޝަން

1

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށްޓަކައި ފަށާފައިވާ އެއްވެސް ހައުސިން މަޝްރޫއެއް އަދި ނިމިފައި ނުވާ ކަމަށް ޓްރާންސިޝަން ކޮމިޓީއިން ބުނެފި އެވެ.

ޓްރާންސިޝަން ކޮމިޓީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ހައުސިންގެ ކަންތައް ބެލުމުގައި ހަވާލުވެ ހުންނެވި ޝިފާޒް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި 15،000 ހައުސިން ޔުނިޓް އިއުލާންކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް ހުރިހާ ޔުނިޓެއްގެ މަސައްކަތް ފަށާފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"7،000 ހައުސިން ޔުނިޓެއްގެ މަސައްކަތް މިހާރު ކުރަމުން ދަނީ. އެ މަސައްކަތަކީ ޗައިނާ އެހީގެ ދަށުން ކުރިއަށްދާ މަސައްކަތެއް. އެހެންނަމަވެސް އަމަލީ މަަސައްކަތް ފެށިފައިވަނީ އޭގެތެރެއިން ބައެއް ޔުނިޓްތަކުގެ،" ޝިފާޒް ވިދާޅުވިއެވެ.

ޝިފާޒް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި މިހާރު ދޫކޮށްފައިވާ ހައުސިން ޔުނިޓްތަކަކީ ކުރީގެ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ޝިފާޒް ވިދާޅުވީ ހައުސިން ޔުނިޓްގެ މަސައްކަތަކީ އެ ޔުނިޓްތަކުގެ މަސައްކަތް ކުރިއަށްދާ ގޮތް މޮނިޓަރ ކުރުން ކަމަށެވެ. ނަމަވެސް މޮނިޓަރ ކުރުމުގެ މަސައްކަތް، ހައުސިން މިނިސްޓްރީއަށް އެކަށީގެންވާ ގޮތަށް ކުރެވިފައި ނުވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟