މިއަހަރު ރިތިކްގެ ރިލީސްވި ދެ ފިލްމު ވެގެން ގޮސްފައިވަނީ ބޮކްސް އޮފީހުގައި އެންމެ ފައިދާ ލިބުނު އަދި ކާމިޔާބުރ ދެ ފިލްމަށެވެ.
ފަހުގެ ހަބަރުތައް ބުނާގޮތުގައި އަންނަ އަހަރު ރިތިކް، ފަރާ ޚާންގެ ފިލްމު "ސައްތޭ ޕޭ ސައްތާ" ގެ މެއިން ލީޑުންވެސް ފެނިގެންދާނެއެވެ. އަދި އޭނާގެ ސުޕާ ހީރޯ ފިލްމު ސީރީޒް ކަމަށްވާ ކްރިޝްގެ ހަތަރުވަނަ ފިލްމުގެ މަސައްކަތްވެސް ފަށާނެކަމަށްވެއެވެ.
ކްރިޝް ހަތަރެއްގެ އިއުލާން ރިތިކް އާއި އޭނާގެ ބައްޕަ ރާކޭޝް ރޯޝަން އަންނަ މަހު ރަސްމީކޮށް ކުރާނެކަމަށްވެއެވެ. ހަބަރުތައް ބުނާ ގޮތުގައި އަންނަ އަހަރު ޖެނުއަރީގައި ފިލްމުގެ ޝޫޓިން ފަށާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ފިލްމުގެ ލީޑް ބަތަލާއަކީ ކާކު ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ކްރިޝް ހަތަރެއްވެސް ޑައިރެކްޓް ކުރަނީ ރާކޭޝް ރޯޝަން ކަމަށްވެއެވެ.