ޝަހީދާ އަބްދުﷲ ސައީދު
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަގާމުން އާދިލު މުސާ އިސްތިއުފާދެއްވައިފި އެވެ.
ޕްރައިވަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު ވިދާޅުވީ އާދިލް މަގާމުން އިސްތިއުފާ ދެއްވަން ހުށަހަޅާފައިވާ ހުށަހެޅުން އެބޯޑުން ބަލައިގެންފައިވާ ކަމަށާއި، މާދަމާ އިން ފެށިގެން އާދިލް މަގާމުން ވަކިވެ ވަޑައިގަންނަވާނެ ކަމަށެވެ.
އާދިލު އެމަގާމަށް އައްޔަން ކުރެއްވި 2015 ވަނަ އަހަރުއެވެ. 192 ވަނަ އަހަރު އެމްސީއެލްއާ ގުޅިވަޑައިގެންނެވި އާދިލުއަކީ އެކުންފުނީގެ ގިނަ މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ.
އާދިލު މަގާމުން އިސްތިއުފާދެއްވި އިރު، ރައީސް ޔާމީންގެ ސަރުކާރުގައި ހިންގި ތަރައްގީގެ އެންމެ ބިޔަ ބޮޑުމަޝްރޫޢު ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ދެގުނަ ބޮޑުކޮށް، އޭޝިޔާގެ އެންމެ ފެންވަރު ރަގަޅު އެއާޕޯޓަށް، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ހެދުމަށްޓަކާ ކުރެވުނު މަސައްކަތުގެ އިސް ދައުރެއް އަދާކުރެއްވީ އާދިލުއެވެ.
އާދިލު މަގާމުން އިސްތިއުފާދެއްވި އިރު، އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވަނީ ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން މަގާމުން އިސްތިއުފާދެއްވުމަށް އިއްޔެ ގޮވާލައްވާފައެވެ.