އެސްޓީއޯގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމަށް އާންމުންގެ ފޯނު ނަންބަރުތަކަށް ބަޔަކު ގުޅަމުންދާތީ އެކަމަށް ސަމާލުވުމަށް އެ ކުންފުނިން އެދެފިއެވެ.
މިކަމާ ގުޅިގެން އެސްޓީއޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނީގެ ނަމުގައި އާންމުންގެ ފޯނު ނަންބަރުތަކަށް ގުޅައި، އެސްޓީއޯގެ އެނިވާރސަރީ ޕްރޮމޯޝަންގައި ބައިވެރިވުމަށް ވަކި ފޯނު ނަންބަރު ތަކަކަށް ރީލޯޑުކޮށް ފައިސާ ޖަމާކުރުމަށް އެދެމުންދާ ކަމުގެ މައުލޫމާތު އެ ކުންފުންޏަށް ލިބެމުންދާ ކަމަށެވެ.
ނަމަވެސް އެސްޓީއޯ އިން އެއްވެސް އިރެއްގައި ކަންޓަމަރުން ރީލޯޑުކޮށްގެން އިނާމު ލިބޭފަދަ ޕްރޮމޯޝަނެއް ކުރިއަށް ގެންގޮސްފައި ނުވާނެކަމަށް އެފަރާތުން މައުލޫމާތުދެއެވެ.
"ކަސްޓަމަރުން ރީލޯޑު ކޮށްގެން އިނާމު ލިބޭފަދަ ޕްރޮމޯޝަނެއް އެއްވެސް އިރެއްގައި އެސްޓީއޯއިން ނުހިންގައެވެ. ވީމާ މިފަދަ ކޯލްތަކަށް އާންމުން ސަމާލުވުމަށް މިކުންފުނިން އިލްތިމާސްކުރަމެވެ." އެ ކުންފުނިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.