މީގެ ދުވަސްކޮޅެއް ކުރިން ބޮލީވުޑް ތަރި އަކްޝޭ ކުމާރު ވަނީ ފޮކްސް ސްޓާ ސްޓޫޑިއޯ އާއި ކޭޕް އޮފް ގުޑް ފިލްމްސް އާ އެކު ތިން ފިލްމެއްގެ ކުޅުމަށް ސޮއިކޮށް އެކަން އިއުލާން ކޮށްފައެވެ.
އޭގެ ތެރެއިން ފުރަތަމަ ފިލްމާ ބެހޭ މައުލޫމާތު ވަނީ އާންމުންނާ ހިއްސާކޮށްފައެވެ. އިންޑިއާގެ ފުރަތަމަ ސްޕޭސް ފިލްމްގެ ގޮތުގައި ނެރޭ ފިލްމް "މިޝަން މަންގަލް" ގައި އަކްޝޭ ގެ އިތުރުން ހަރަކާތްތެރި ވާނީ ކްރިތީ ކުލްހާރީ، ތާޕްސީ ޕަންނު، ސޮނާކްޝީ ސިންހާ، ވިދްޔާ ބާލަން، ޝާމަން ޖޯޝީ އަދި ނިތްޔާ މެނޮން އެވެ.
އަކްޝޭ މިހާރު ވަނީ ފިލްމްގެ ރިލީސް ޑޭޓް ޓުއިޓާ ގައި ހިއްސާކޮށްފައެވެ. އަކްޝޭ ގެ ޓުއީޓްގައި ވާ ގޮތުގައި ވަރަށް ޕަވާފުލް ވާހަކައެއް ގެ މައްޗަށް ހަދާ އެ ފިލްމް ގައި އުޅެނީ އާދައިގެ މީހުން ތަކެއް ބޮޑެތި ހުވަފެން ތަކެއްގައި، ހީވެސް ނުކުރާ ކަހަލަލަ މިޝަންއެއް ހާސިލް ކުރުމަށެވެ. ފިލްމް ރިލީސް ކުރަނީ އަންނަ އަހަރު އޮގަސްޓް 15 ގައި ކަމަށްވެސް އަކްޝޭގެ ޓުއީޓްގައި ވެއެވެ. ފިލްމްގެ ޝޫޓިން މިމަހު ފަހުކޮޅޫ ފަށާ ގޮތަށް މިހާރު އޮތީ ހަމަޖެހިފައެވެ.
މި ފިލްމްގެ އިތުރުން އަކްޝޭ ދަނީ ފިލްމް 2.0، ގުޑް ނިއުސް އަދި ކެސަރީ ގައި ވެސް މަސައްކަތް ކުރަމުންނެވެ.