ހައުސިން މިނިސްޓްރީ

ފޮނަދޫން ހައުސިންގ ޔުނިޓް ލިބުނު ފަރާތްތައް، އެގްރީމަންޓުގައި ސޮއިކުރުމުގެ މަސައްކަތް ފަށައިފި

އާނިފާ ހުސެއިން ސިރާޖް

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން ލ. ފޮނަދޫގައިި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓްތަކުގެ ތެރެއިން މިހާތަނަށް ހަވާލުނުކުރެވި ހުރި ހައުސިން ޔުނިޓްތައް ލިބިފައިވާ ފަރާތްތަކާއި ގެ ހަވާލުކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ފަށައިފިއެވެ.

ހައުސިން މިނިސްޓްރީން ބުނީ، ގެ ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތުގައި އެ މިނިސްޓްރީގެ އޮފިޝަލުން އިއްޔެއިން ފެށިގެން ފޮނަދޫގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އެގޮތުން ހައުސިން ޔުނިޓް ލިބުނު ފަރާތްތަކާއި އެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރިޔަށް ދާނީ ހައްދުންމަތީ އަތޮޅު ކައުންސިލު އިދާރާގައި ކަމަށާއި، މި މަސައްކަތް ކުރިއަށްގެންދާނީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކަމަށް ހައުސިން އެ މިނިސްޓްރީން މައުލޫމާތުދެއެވެ.

ގެދޮރުވެރިކުރުމުގެ މި މަޝްރޫއުގެ ދަށުން ލ. ފޮނަދޫގައި އިމާރާތްކޮށްފައިވަނީ 50 ހައުސިން ޔުނިޓެވެ.