މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން

މާލެއާއި ވިލިނގިލި އަދި ގުޅީފަޅު ގުޅައިލުމުގެ މަޝްރޫއު އަންނަ އަހަރު ފަށަން ބެޖެޓުގައި ހިމަނައިފި

މާލެ އާއި ވިލިނގިލި އަދި ގުޅީފަޅު ގުޅައިލުމުގެ މަޝްރޫއު އަންނަ ަހަރު ފަށަން، އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ދާދި ދެންމެ ހުށަހެޅި ދައުލަތުގެ ބަޖެޓުގައި ހިމަނައިފި އެވެ.

މި މަޝްރޫއު އަންނަ އަހަރު ފަށަން ނިންމާފައިވާ އިރު، އެ މަސައްކަތަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައި ވަނީ 411 މިލިއަން ރުފިޔާ އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ ގްރޭޓާ މާލެ ސަރަހައްދު އެއްގަމު ދަތުރުފަތުރުގެ ނިޒާމަކުން ގުޅައިލުމަކީ ސަރުކާރުގެ މުހިއްމު އަމާޒެއް ކަމަށާއި، އެ މަސައްކަތުގެ ދިރާސާތައް ކުރަމުންދާ ކަމަށެވެ.

މާލެ އާއި ވިލިމާލެ އާއި ތިލަފުއްޓާއި ގުޅީފަޅު ގުޅައިލުމަށް އަޅާ ބްރިޖުގެ މަޝްރޫއަކީ އަންނަ އަހަރުގެ ބަޖެޓުގައި ހިމެނޭ އެންމެ ބޮޑު އެއް މަޝްރޫއެވެ. މި މަޝްރޫއަށް 488 މިލިއަން ޑޮލަރު ނުވަތަ 7.5 ބިލިއަން ޑޮލަރު ހަރަދުވާނެކަމަށް މީގެ ކުރިން ސަރުކާރުން ވަނީ ލަފާކޮށްފައެވެ.

ސަރުކާރުން ބުނީ މި މަޝްރޫއުގެ ސަބަބުން މާލެ ސަރަހައްދުގެ ދަތުރުފަތުރު ނިޒާމް ފަސޭހަވެ، އިގްތިސާދީ ބޮޑެތި ފައިދާތަކެއް ކުރާނެކަމަށެވެ.