ލަވަކިޔުންތެރިޔާ ނިކް ޖޯނާސްގެ ހަށިގަނޑުގައި ޓައިޕް ވަން ޑައިބެޓިކްސް ހުންނަ ކަން އެނގުނީ މީގެ 14 އަހަރު ކުރިންނެވެ.
މީސް މީޑިއާގައި އެކްޓިވް ނިކް ދޭތެރެ ދޭތެރެއިން ޑައިބެޓިކްސް އާބެހޭ ގޮތުން ފޭނުންނަށް ވާހަކަތައް ހިއްސާކުރެއެވެ.
މިމަހަކީ ޑައިބެޓިކްސް އަށް ހޭލުންތެރިކުރުވުމުގެ މަސް ކަމުން ނިކް މިފަަހަރު މިވަނީ އިންސްޓަގްރާމުގައި އެކަމާ ގުޅޭ ޕޯސްޓެއް ހިއްސާކޮށްފައެވެ. ނިކްގެ ޕޯސްޓުގައި ވާ ގޮތުގައި ޑައިބެޓިކްސް އަށް ޑައިގްނޯސްވުމުން ދިރިއުޅުމަށް ބޮޑު ބަދަލެއް އައެވެ.
"ސިއްހަތާމެދު ދެކޭގޮތް ބަދަލުވި، ކަސްރަތު ކުރުމާއި، ކެއުމާއި ބްލަޑް ޝުގާ އަދި އިންސިއުލިން ބޭނުންވާ ވަގުތުތަކަށް ހުރުމަތްތެރިކޮށް ހިތުނު. ޑައިބެޓިކްސް ހުރުމުން ބާކީވެ އެކަނިވެރިކަން އިހުސާސްވޭ." ނިކްގެ ޕޯސްޓުގައި ބުނެފައި ވެއެވެ.
ނުފެންނަ ބައްޔަކަށް ބޭސްކުރުމަކީ ފަސޭހަ ކަމެއް ނޫންކަން ހާމަކުރަމުން ނިކްގެ ޕޯސްޓުގައި އިތުރަށް ބުނެފައިވާގޮތުގައި އޭނާ "ބިޔޯންޑްޓައިޕްވަން" 2015ގައި އުފެއްދީވެސް މިބަލި ހުންނަ މީހުން އެކަނިވެރިކަން އިހްސާސްވިޔަނުދިނުމަށެވެ. އަދި މި މަހަކީ ޑައިބެޓިކްސް އަށް ހޭލުންތެރި ކުރުވުމުގެ މަސް ކަމުން ބިޔޯންޑް ޓައިޕް ވަން އާއި ގުޅިގެން ޑައިބެޓިކްސްގެ ސަބަބުން ދިރިއުޅުމަށް އައި ބަދަލުތަކާއި ދިމާވާ ގޮންޖެހުންތައް ހިއްސާކުރެވިދާނެ ކަމަށް ނިކްގެ ޕޯސްޓުގައި ވެއެވެ.
މީގެ ކުރިން ނިކްގެ އަންހެނުން ބަތަލާ ޕްރިޔަންކާ ޗޯޕްރާވެސް ވަނީ ނިކްގެ ޑައިބެޓިކްސް ކޮންޑިޝަނާ ބެހޭގޮތުން ވާހަކަދައްކާފައެވެ.
ޕްރިޔަންކާ ބުނި ގޮތުގައި ނިކްއާ ކައިވެނި ކުރި އިރު ހުދު އޭނާވެސް ނިކް އެހާ ފަސޭހައިން ހަށިގަނޑަށް އަންނަ ބަދަލުތައް ދެނެގަންނާތީ ހުރީ ހައިރާންވެފައިކަމަށެވެ. އެގޮތުން ނިދާފާ އޮންނަ އިރުވެސް ހަކުރު ދަށްވުމުން ނިކް އަށް އެނގޭކަމަށް ޕްރިޔަންކާ ބުންޏެވެ. ހަކުރު މޮނިޓާ ކުރުމަށް ނިކް ވަރަށް ޑިސިޕްލިން ކަމަށްވެސް ޕްރިޔަންކާ ބުންޏެވެ.