ދުނިޔޭގެ އެންމެ ބޮޑު 5ޖީ ނެޓްވޯކްގެ ހިދުމަތް ޗައިނާގައި ތާރަފް ކޮށް ބޭނުން ކުރަން ފަށައިފިއެވެ.
ޗައިނާގައި 5ޖީ ނެޓްވޯކް ތައާރަފްކޮށްފައި މިވަނީ ސަރުކާރުގެ ތިން ޓެލެކޮމް އޮޕަރޭޓަރުން މެދުގައެވެ. އެއީ ޗައިނާ މޯބައިލް، ޗައިނާ ޔުނިކޮމް އަދި ޗައިިނާ ޓެލެކޮމް އެވެ. މި ތިން ކުންފުނިން ވަނީ ކަސްޓަމަރުންނަށް 5ޖީ އެއް އަގެއްގައި ލިބޭނެގޮތް ހަދާފައެވެ.
ޗައިނާގެ 50 ސިޓީއެއްގައި 5ޖީ ގެ ހިދުމަތް ދިނުމަށް އެގައުމުގައިވަނީީ 12000 5ޖީ ސްޓޭޝަން ގާއިމްކޮށް އެކްޓިވޭޓްކޮށްފައެވެ.
އެމެރިކާ އަދި ސައުތް ކޮރެއާއިން 5ޖީ ތާރަށް ކޮށްފައިވާއިރު ޗައިނާއިން މިހާ ގިނަދުވަސް ނަގާފައިވަނީ އެގައުމުގެ އާބާދީ ބޮޑުވެފައި ނިސްބަތުން ނެޓްވޯކްބޭނުން ކުރާފަރާތްތައް ގިނަވުމުން ކަމަށް ވެއެވެ.
ޗައިނާ އަކީ ދުނިޔޭގައި އެންމެ ގިނަބަޔަކު މޯބައިލް އިންޓަނެޓް ބޭނުން ކުރާ ގައުމެވެ.