އާނަންދް އެލް ރާއީ އާއި ޝާހުރުކް ޚާން އާއެކު ފިލްމު ޒީރޯގައި މަސައްކަތް ކުރުމަށްފަހު އަނެއްކާވެސް ކެޓްރީނާ މިވަނީ އެމީހުންނާއެކު ފިލްމެއްގައި މަސައްކަތް ކުރުމަށް އެއްބަސްވެފައެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ކެޓްރީނާ ވަނީ އާނަންދްގެ ފިލްމު "މިސް އެންޑް މިސިސް ކޮޕްސް" ގައި މަސައްކަތް ކުރުމަށް ފައިނަލްވެފައެވެ. މި ފިލްމަކީ ކޮރެއަން ފިލްމެއްގެ ރީމޭކެކެވެ. ފިލްމުގައި އިތުރު ބަތަލާއެއް ފެނިގެންދާނެ ކަމަށްވާއިރު އަދި އެ ބަތަލާއެއް ފައިނަލްނުވާކަމަށްވެއެވެ. ނަމަވެސް އަޑުއަރާފައިވާ ގޮތުގައި އެބައި ކުޅެން ވިދްޔާ ބާލަންއަށް ވަނީ ހުށަހަޅާފައެވެ.
ކްރައިމް ކޮމެޑީ މި ފިލްމު ޕްރޮޑިއުސް ކުރަނީ އާނަންދް އާއެކު ޝާހުއެވެ. އަދި ފިލްމުގައި ނެރޭޓަރުގެ ބައިން އަޑުއިވޭނީވެސް ޝާހުގެ އަޑުކަމަށްވެއެވެ.
ކެޓްރީނާ އެންމެ އަވަހަށް ފެނިގެންދާނީ އަކްޝޭ ކުމާރުއާއެކު ފިލްމު "ސޫރްޔަވަންޝީ" އިންނެވެ.