އެވޭޓަރެއްގެ ރޯލުން ސިދާތު މަލޯތުރާ ފެނިގެންދާ ފިލްމު މަރްޖާވާންގެ ދެވަނަ ޓްރެއިލާ ރިލީސްކޮށްފިއެވެ.
ފިލްމުގެ ފުރަތަމަ ޓްރެއިލާ ރިލީސްކުރީ ސެޕްޓެމްބަރުގައެވެ. އެ ޓްރެއިލާއަށް ވަނީ އޯޑިއަންސްގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައެވެ. އޭގެން ފެނިގެންދަނީ ފިލްމުގައި ހިމެނޭ އެކްޝަން ބައިތަކެވެ.
ދެވަނަ ޓްރެއިލާ ރިލީސްކުރީ ސިދާތުގެ ޓްވިޓާ އެކައުންޓުގައެވެ.
މި ޓްރެއިލާ އިން ފެނިގެންދަނީ ސިދާތާއި އިލްމުގެ ލީޑް ބަތަލާ ތާރާ ސުތާރިއާގެ ލޯބީގެ ބައެވެ. އަދި ރިތޭޝް ދޭޝްމުކް އާއި ރާކުލް ޕްރީތު ވެސް މުހިންމު ރޯލުން ފެންނަ މި ފިލްމުގެ ދެވަނަ ޓްރެއިލާގައި އެމީހުންގެ ލޯބީގެ ގުޅުމުގެ ސަބަބުން ސިދާތުގެ ދިރިއުޅުން ބަދަލުވާ ގޮތް ފެނިގެން ދެއެވެ.
މަރްޖާވާންގެ ލަވަތައް ވަނީ ގިނަ މިއުޒިކް ޗާޓްތަކުގެ އެންމެ ކުރިން ޖާގަ ހޯދައިފައެވެ.
ފިލްމު ރިލީސްކުރަނީ މިމަހު 15 ގައެވެ.