ފިލްމު ޕަތީ ޕަތުނީ އޯރް ވޯ ގެ ޕްރޮމޯޝަންގައި ފިލްމުގެ ކްރޫއިން މިދުވަސްވަރު އުޅެނީ އަވަދިނެތިއެވެ.
ފިލްމުގެ ބަތަލު ކާތިކް އާރްޔަން ވަނީ އޭނާގެ ރޯލަށް ފިލްމުގައި މަތިމަސް ބަހައްޓާފައެވެ. މަތިމަސް ލުކް ކާތިކްއާ ގުޅޭ ކަމަށް އޭނާގެ ފޭނުން ދިޔައީ ބުނަމުންނެވެ. ނަމަވެސް ދެން އެމަތިމަހެއް ނުފެންނާނެއެވެ.
ކާތިކް މިވަނީ ރިއަލިޓީ ޝޯއެއްގައި އޭނާގެ މަތިމަސް ބާލާފައެވެ. މިއީ ޓީވީ ކުރިމަތީ އެކްޓަރެއް މަތިމަސް ބޭލި ފުރަތަމަ ފަހަރެވެ.
ޑާންސް ރިއަލިޓީ ޝޯއަށް ކާތިކް ދިޔައީ އޭނާގެ ފިލްމުގެ ޕްރޮމޯޝަނަށެވެ. އޭނާއާ އެކު ފިލްމުގެ ދެ ބަތަލުން ކަމަށްވާ ބޫމީ ޕެޑްނޭކަރު އާއި އަނަންޔާ ޕަންޑޭވެސް ބައިވެރިވިއެވެ. ޝޯ އަކީ ބައިވެރިން ނަށާ ޝޯއެކެވެ. އަދި ބައިވެރިން އެކަކު އަނެކަކަށް ސްޕެޝަލް ކަންތައްވެސް ކުރާ ޝޯއެއްކަމުން ކާތިކްމެން ލައްވައިވެސް އެކަލަ މަޖާ ކަމެއް ކުރަން ޝޯގެ ޕްރޮޑިސަރުން ބޭނުންވިއެވެ. އެހެންކަމުން ކާތިކްގެ މަތިމަސް ލައިވްކޮށް ބޭލީ ބެލުންތެރިންނަށްވެސް ސަޕްރައިޒެއް ދިނުމަށެވެ.
ފިލްމު ޕަތީ ޕަތުނީ އޯރް ވޯ ރިލީސްކުރަނީ ޑިސެމްބަރު ހައެއްގައެވެ. މި ފިލްމަކީ 1978 ގައި ނެރެފައިވާ ފިލްމެއްގެ ރީމޭކެކެވެ.