ބޮލީވުޑް

ޝިލްޕާ ދަރިފުޅު ވިއާންއަށް ފެނުއަޑީގައި ނޭވާލާން ދަސްކޮށްދޭ ވީޑިއޯއެއް

1

ޝިލްޕާ ޝެޓީ ކުންދްރާ އަކީ މީސްމީޑިއާގައި އެންމެ އެކްޓިވް ބޮލީވުޑް ތަރިންގެ ތެރޭގައި ހިމެނޭ ތަރިއެކެވެ. އަމިއްލަ ދިރިއުޅުމާއި މަސައްކަތުގެ މާހަލުގެ ކަންކަން އާންމު ގޮތެއްގައި ޝިލްޕާ އޭނާގެ ފޭނުންނާ ހިއްސާކުރެއެވެ.

އެގޮތުގެ މަތިން މިފަހަރު ޝިލްޕަ މިވަނީ އޭނާގެ ދަރިފުޅު ވިއާން އަށް ފެނު އަޑީގައި ނޭވާލާން ދަސްކޮށްދޭ ވީޑިއޯއެއް އިންސްޓަގްރާމުގައި ހިއްސާކޮށްފައެވެ.

ވީޑިއޯގައި ފެންނަނީ ވިއާންގެ އަތުގައި ހިފައިގެން ފެނުއަޑިއަށް ގޮސް ނޭވާލާނެ ގޮތުގެ ޓްރިކްސްތައް ކިޔާދޭގޮތެވެ.

ވީޑިއޯގެ ކެޕްޝަނުގައި ބުނެފައިވަނީ ދަރިފުޅަށް ފެނުއަޑީގައި ރަނގަޅަށް ނޭވާލާން ދަސްކޮށްދެނީ ކަމަށެވެ.

ގިނަ ދުވަސްތަކަކަށްފަހު ޝިލްޕާ މިހާރު އަންނަނީ ސިލްވާ ސްކްރީނަށް އެނބުރި އައުމުގެ ތައްޔާރީތައް ވަމުންނެވެ. އޭނާ ފެނިގެންދާނީ އަންނަ އަހަރު ކުރީކޮޅު ނެރޭ ފިލްމު "ނިކަންމާ" އިންނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟