އެސްޓީއޯއިން ވިއްކާ ޑީސަލާއި ޕެޓްރޯލުގެ އަގު ހެޔޮ ކޮށްފިއެވެ.
އެ ކުންފުނިން ބުނީ 11.39 ރުފިޔާއަށް ވިއްކަމުން އައި ޕެޓްރޯލް ލީޓަރެއްގެ އަގުން 20 ލާރި، އަދި 12.09 ރުފިޔާއަށް ވިއްކާ ޑީސަލް ލީޓަރެއްގެ އަގުން 10 ލާރި މިއަދުން ފެށިގެން ހެޔޮވާނެ ކަމަށެވެ.
އެހެން ކަމުން ޕެޓްރޯލު ލީޓަރެއް 11.19 އަށް އަދި ޑީސަލް ލީޓަރެއް 11.99 ރުފިޔާއަށް މިއަދުން ފެށިގެން ލިބިގެން ދާނެއެވެ.
އެސްޓީއޯ އިން ބުނީ ތެލުގެ އަގު ހެޔޮކުރުމަށް ނިންމީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހެޔޮވުމާ ގުޅިގެން ކަމަށެވެ.