ސަލްމާން ޚާގެ ޕްރެންޗައިޒް ފިލްމު ދަބަންގް ގެ ތިން ވަނަ ފިލްމުގެ ޓްރެއިލާ ރިލީސް ކުރީ މިމަހުގެ 23 ގައެވެ. ޓްރެއިލާ ރިލީސްކުރިތާ ހަދުވަސް ތެރޭގައި ވައިރަލްވެ އެއަށް 50 މިލިޔަން ހިޓްސް ލިބިއްޖެއެވެ.
ސަލްމާން އާއެކު ސޮނާކްޝީ ސިންހާ އަދި ސައީ މަންޖްރެކަރު ލީޑް ރޯލުން ފެނިގެންދާ މި ފިލްމު ރިލީސްކުރަން ހަމަޖެހިފައިވަނީ މިއަހަރު ޑިސެމްބަރު 20ގައެވެ. ފިލްމު ހިންދީ، ޓެމިލް، ކަންނާޑާ އަދި ޓެލްގޫ ބަހުން ރިލީސްކުރާނެކަމަށް ވެއެވެ.
މި ފިލްމުގެ ޓްރެއިލާއަށް 50 މިލިއަން ހިޓްސް ލިބުމާ ގުޅިގެން ފިލްމުގެ ބަތަލާ ސޮނާކްޝީ ވަނީ ފިލްމުގެ ފޭނުންނަށް ޝުކުރު އަދާކޮށްފައެވެ.
އެކްޝަން، ޑްރާމާ، ރޮމާންސް އަދި ސަޅި ޑައިލޮގްސް ހިމެނޭ މި ފިލްމުގެ ޕްރޮޑިއުސަރަކީ އަރްބާޒް ޚާންއެވެ. ފިލްމު ޑައިރެކްޓްކޮށްފައި ވަނީ ޕްރަބޫދޭވާ އެވެ.