ރިޔާސީ އިންތިހާބު

ނޮވެންބަރު 17 ވަނަ ދުވަހު އިބޫ ހުވާކުރައްވާނެ: ސަރުކާރު

އިއްޔެ ބޭއްވި އިންތިހާބާ ގުޅިގެން ސަރުކާރުގެ ބަހެއް ނުލިބި ގިނަ އިރުތަކެއް ވެފައިވާ އިރު، ފޮރިން މިނިސްޓްރީގެ ޓްވިޓާގައި ނެރުނު ބަޔާނެއްގައި ސަރުކާރުން ބަލި ގަބޫލުކުރައްވައި، އަންނަ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހު އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ހުވާ ކުރައްވާނެ ކަމަށް ބުނެފި އެވެ.

އިނގިރޭސިބަހުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ އިއްޔެ ބޭއްވި އިންތިހާބު އިބްރާހީމް މުހައްމަދު ސޯލިހް ކާމިޔާބުކުރައްވާފައިވާ ކަމަށާއި، ވޯޓުގެ ހުރިހާ ކަމެއްވެސް ކުރިއަށް ގޮސްފައި ވަނީ ވަރަށް ސާފުކޮށް އަމާން އޮމާންކޮށް ކަމަށެވެ. އަދި ވޯޓުލުން ކުރިއަށް ގޮސްފައި ވަނީ ގިނަ އޮބްޒާވަރުންގެ ހާޒިރުގައި ކަމަށާއި، އެއްވެސް ހަމަނުޖެހުމެއް ނުހިނގާ ކަމަށްވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.