ކޯޕަރޭޓް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ އަންނަ އަހަރުގެ ބިޒަނެސް އެކްސްޕޯ އަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އަންނަ އަހަރުގެ ފެބްރުއަރީ މަހު 23 އިން 24 އަށް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ ބިޒްނަސް އެކްސްޕޯގެ ދެވަނަ އެޑިޝަނަށް ރަޖިސްޓަރީ ވުމަށް ހުޅުވާލާފައިވަނީ މިއަދު އެވެ. މި އެކްސްޕޯގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މިއަހަރުގެ ޑިސެމްބަރު މަހު 31ގެ ކުރިން register.corporatemaldives.com މެދުވެރިކޮށް ރަޖިސްޓަރ ވުމަށް ކޯޕަރޭޓް މޯލްޑިވްސް އިން އެދެއެވެ.
މޯލްޑިވްސް ބިޒްނަސް އެކްސްޕޯއަކީ ރާއްޖޭގެ ހުރިހާ ދާއިރާއެއްގައި މަސައްކަތް ކުރާ ވިޔަފާރިވެރިންނަށް ހާއްސަކޮށްގެން ކޯޕަރޭޓް މޯލްޑިވްސް އިން ކުރިއަށް ގެންދާ އެކްސްޕޯ އެކެވެ. މި އެކްސްޕޯއިން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވިޔަފާރި ކުރިއެރުވުމަށްޓަކައި ގުޅުން ބަދަހިކުރަން ޖެހޭ ފަރާތްތަކާ ގުޅުން ބަދަހިކޮށް، ފޯރުކޮށްދޭ ހިދުމަތްތަކާއި އުފެއްދުންތައް އާންމުންނަށް ދައްކައިލުމުގެ ފުރުސަތު ލިބޭނެ ކަމަށް ކޯޕަރޭޓް މޯލްޑިވްސް އިން ބުނެއެވެ.
އަންނަ އަހަރު މި އެކްސްޕޯ ކުރިއަށްދާއިރު ހަ ސަމިޓެއް މި އެކްސްޕޯއާއި ގުޅުވައިގެން ކުރިއަށް ގެންދާނެ ކަމަށް ކޯޕަރޭޓް މޯލްޑިވްސް އިން މައުލޫމާތު ދެއެވެ. އެއީ:
ރާއްޖޭގައި މުޅިން އަލަށް މިއަހަރު ބިސްޒަން އެކްސްޕޯ ބާއްވާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ. މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި ފުރަތަމަ މޯލްޑިވްސް ބިޒްނަސް އެކްސްޕޯގައި 80 ކުންފުންޏަކުން ބައިވެރިވެފައި ވެއެވެ.