މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން

އަންނަ އަހަރަށް 29 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް ހުށަހަޅައިފި

އަހުމަދު ޖައިޝަން

އަންނަ އަހަރަށް ހިނގާނެ ހަރަދު ތަކަށް ލަފާކޮށް 29.6 ބިލިއަން ރުފިޔާގެ ބަޖެޓު މަޖިލީހަށް ހުށަހަޅައިފި އެވެ.

ބަޖެޓު ހުށަހަޅުއްވައިދެއްވަމުން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވީ، އަންނަ އަހަރު 26.7 ބިލިއަން ރުފިޔާ ޚަރަދުގެ ގޮތުގައި ހިނގާނެ ކަމަށް ލަފާކުރެއްވޭ ކަމަށެވެ.

އާމްދާނީ އާއި ހިލޭ އެހީގެ ގޮތުގައި 23 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ފިނޭންންސް މިނިސްޓަރު ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ ބަޖެޓު 3.4 ބިލިއަން ރުފިޔާއިން ޑެފިސިޓް ވާނެ އެވެ.

އަންނަ އަހަރުގެ ބަޖެޓަކީ އިންތިޚާބީ ރައީސް، އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ފަހުވާ ގޮތަށް އެބޭފުޅުންގެ ލަފާފުޅާ އެއްގޮތަށް ތައްޔާރުކުރައްވާ ބަޖެޓެއް ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވަނީ ވިދާޅުވެފަ އެވެ.

ރައްޔިތުންގެ މަޖިލީހަށް އަންނަ އަހަރުގެ ބަޖެޓު ހުށަހަޅުއްވަން މިނިސްޓަރު މުނައްވަރު ފާހަގަކުރެއްވި ގޮތުގައި، ބަޖެޓުން ބޭނުންވާ މަގުސަދު ހާސިލުކުރުމަށް ޓަކައި އިސްރާފާއި ކޮރަޕްޝަން ހުއްޓުވަން ޖެހެ އެވެ. އަދި އެ ކަމަށް ޓަކައި އެންމެ މުހިންމު ކަމަކީ ރާއްޖޭގެ މާލީ ނިޒާމު ހަރުދަނާކުރުން ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ 2018 ބަޖެޓުގައި ކަނޑައެޅި މަގުސަދުތައް ހާސިލުކުރުމަށް ޓަކައި މާލީ ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެންނެވި ކަމަށެވެ. އަދި ރައްޔިތުންނާ ގުޅުން ހުރި މުހިންމު ގިނަ މަޝްރޫއުތަކެއް ނިންމައި ރައްޔިތުންގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދެވުނު ކަމަށް މުނައްވަރު ފާހަގަކުރެއްވި އެވެ.