މާލޭ ބޮޑުތަކުރުފާނު މަގުގައި ހުންނަ މަނީ އެކްސްޗޭންޖް ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުންދީފި އެވެ.
ފުލުހުން ބުނީ މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ 2:28 ހާއިރު ކަމަށެވެ.
މަނީ އެކްސްޗޭންޖް ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލާފައިވަނީ ސައިކަލެއްގައި ދިޔަ ދެމީހަކު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ނަމަވެސް އަދި މިހާތަނަށް މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން މިހާރު އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.