ރާއްޖޭގެ ގައުމީ ދުވަހުގެ މުނާސަބާގައި އެސްޓީއޯގެ ބައެއް ފިހާރަތައް މާދަމާ ބަންދުވާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.
އެސްޓީއޯގެ ސްޕޯކްސްޕާސަން އަބްދުﷲ މުހައްމަދު ''ވަން'' އަށް ވިދާޅުވީ، މާދަމާ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓާއި އެސްޓީއޯ ސުޕަމާޓް ރީޓެއިން އަދި ހޯލްސޭލް ބަންދުވާނެ ކަމަށެވެ.
އެސްޓީއޯގެ އައުޓްލެޓްތައް މާދަމާ ބަންދުވި ނަމަވެސް، ޖެހިން އަންނަ ދުވަހު އެ އައުޓްލެޓްތައް ވިޔަފާރިއަށް ހުޅުވާލާނެ ކަމަށް އެސްޓީއޯ އިން މައުލޫމާތުދެއެވެ. އެހެންކަމުން އެކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އެކުންފުނިން ވަނީ މައާފަށް އެދިފައެވެ.