އިބްރާހިމް ޒަކީ
ސައޫދީ އަރަބިއްޔާއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ހަލީލު، އޯގަނައިޒޭޝަން އޮފް ދި އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
އޯއައިސީ އަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް އައްޔަންކުރުމަށް މުހައްމަދު ހަލީލު ގެ ނަން ރައްޔިތުންގެ މަޖިލީހުން ފާސްވީ 82 މެމްބަރުންގެ ވޯޓުންނެވެ.
އައިއޯއައިސީ އަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް އައްޔަން ކުރުމަށް މުހައްމަދު ހަލީލު ގެ ނަން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވުމާ ގުޅިގެން އެ މައްސަލަ ދިރާސާކުރުމަށްފަހު، އޭނާގެ ނަން މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ނިންމީ މިމަހުގެ 15 ވަނަ ދުވަހުއެވެ.
ރާއްޖެއިން ސައޫދީ އަރަބިއްޔާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް މުހައްމަދު ހަލީލު އައްޔަން ކުރެއްވީ މިދިޔަ ޖޫން މަހުގެ 16 ވަނަ ދުވަހުއެވެ.