އިޝާން ކައްޓަރު އާއެކު ފިލްމު ދަޅަކް އިން ބޮލީވުޑަށް ނުކުތް ޖާންވީ ކަޕޫރަށް ވަނީ އެ ފިލްމުގައި އޭނާ ހުށަހަޅައިދިން ރޯލަށް ތައުރީފާއި ސަނާ ލިބިފައެވެ.
ޕަޕަރާޒީން ޖާންވީ އެންމެ ބޮޑަށް ފޮލޯކުރަނީ އޭނާ ޖިމަށް ދާއިރުއެވެ. ކޮންމެ ދުވަހަކުހެން މީޑިއާތަކުގެ ހެޑްލައިނަށް ޖާންވީގެ ކަސްރަތު ކުރުމާ ގުޅޭ ވާހަކަތައް އަރައެވެ.
މިދިޔަ އަންގާރަ ދުވަހު ޓޯކްޝޯއަކަށް ދާން ދަތުރުކުރަމުން ދިޔަ ޖާންވީއަށް ސަލާންޖަހާ ކުއްޖަކު ފެނި، ކާރު މަޑުކޮށް އެކުއްޖާއަށް ބިސްކޯދު ޕެކެޓެއް ދިއްކޮށްލާ މަންޒަރު ހުރި ފޮޓޯއެއް ވަނީ އާންމު ވެފައެވެ.
މި ފޮޓޯގެ އާންމުވެ ޖާންވީ އަށް ގިނަ ބަޔެއްގެ ތައުރީފު ވަނީ ލިބިފަ އެވެ.
ޖާންވީ އެންމެ އަވަހަށް ދެން ފެނިގެންދާނީ ރާޖްކުމާރު ރާއޯއާއެކު ރޫހީއަފްޒާއިންނެވެ. މީގެ އިތުރުން ތަޚްތު އަދި ދޯސްތާނާ ދޭއްގެ މަސައްކަތްވެސް ޖާންވީ ވަރަށް އަވަހަށް ފަށާނެއެވެ.