29 ވަަނަ އުފަންދުވަސް ފާހަގަ ކުރުމަށް ބަތަލު އަޔުޝް ޝަރްމާ އާއިލާ އާއެކު ރާއްޖެ އަތުވެއްޖެއެވެ.
ޑެއިލީ ނޫހަށް ދިން އިންޓަވިއުއެއްގައި އަޔުޝް ބުނީ އާންމުގޮތެއްގައި ދިވާލީވެސް ދިމާވަނީ އޭނާގެ އުފަންދުވަހާ ކަމަށެވެ. އަދި މިފަހަރުގެ އުފަންދުވަހަކަށް އޭނާ ބޭނުންވީ ސްކޫބާ ޑައިވް ކޮށް މޫދަށް އޮންނަ ބިރުވެރިކަމާ ކުރިމަތިލުމަށް ކަމަށެވެ. ކޮންމެ އުފަން ދުވަހެއްގައިވެސް ހާއްސަ ކަމެއް ކުރެވޭތޯ ބަލާކަމަށްވެސް އަޔުޝް ބުންޏެވެ.
އަންހެނުން އަރްޕިތާގެ ފަރާތުން ލިބުނު އެންމެ ބޮޑުހަދިޔާ އަކީ ކޮބައިތޯ ކުރި ސުވާލަށް އަޔުޝް ބުނީ ދަރިފުޅު އާހިލް އަކީ އޭނާއަށް ލިބުނު އެންމެ މުހިންމު އަދި ލޯބި ހަދިޔާކަމަށެވެ.
އަޔުޝްމެން ޗުއްޓީ ހޭދަކުރަމުން އަންނަނީ ޗެވަލް ބްލޭންކް ރަންދެލީގައެވެ. އެއާއިލާ ވަނީ ދަރިފުޅު އާހިލްގެ ފުރަތަމަ އުފަންދުވަސް ފާހަގަ ކުރުމަށްވެސް ރާއްޖެ އައިސްފައެވެ.
އަޔުޝްގެ އެންމެ ފުރަތަމަ ފިލްމަކީ "ލަވްޔަތުރީ" އެވެ. އޭނާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ ކެޓްރީނާ ކައިފްގެ ކޮއްކޮ އިޒަބެލް ކައިފް އާއެކު "ޚަތާ" އިންނެވެ.
ރާއްޖޭގައި ހޭދަކުރަމުން އަންނަ އުފާވެރި ވަގުތުތައް އަޔުޝް އަންނަނީ މީސްމީޑިއާގައި ހިއްސާކުރަމުންނެވެ.