ވަން އޮންލައިންގެ ޑެޕިއުޓީ އެޑިޓަރު އިބްރާހިމް ޒަކީގެ ލޮބުވެތި ބޭބެ ޅ. ހިންނަވަރު، އޯޝަންވޭކް، މުހައްމަދު ޒަކީ، 68އ، ވަނީ އިއްޔެގެ ވަގުތެއްގައި ނިޔާވެފައެވެ.
އިބްރާހިމް ޒަކީއަށާއި އާއިލާއަށް މިދަނޑިވަޅުގައި ކުރިމަތިވެފައިވާ ފުން ހިތާމައިގައި ވަން މީޑިއާ ގްރޫޕުގެ މެނޭޖްމަންޓާއި މުވައްޒަފުން ބައިވެރިވެ ތައުޒިޔާ ކިޔަމެވެ.
އަޅުގަނޑުމެންގެ ދުއާ އަކީ މަރުހޫމަށް ރަހުމަތް ލައްވައި އާއިލާއަށް ކެތްތެރިކަން ދެއްވުމެވެ.