އަނެއްކާވެސް ދީޕިކާ ޕަޑުކޯންގެ ވަރުގަދަ ޝަހުސިއްޔަތު ފެނިގެންދާނެ ފިލްމެއްގެ މަސައްކަތް ދީޕިކާ ފަށައިފިއެވެ.
އިންޑިއާގެ ފްލޯކް ވާހަކައަށް އުފައްދާ ފިލްމު މަހާބާރަތުގައި އޭނާ ފެނިގެންދާނީ ދްރައުޕަދީގެ ރޯލުންނެވެ. ފިލްމުގެ ލީޑް ބަތަލާގެ ރޯލުގެ އިތުރުން މި ފިލްމްގެ ކޯ ޕްރޮޑިއުސަރަކީވެސް ދީޕިކާއެވެ.
ބޮޑު ވާހަކައެއްގެ މައްޗަށް އުފައްދާ މި ފިލްމު ރިލީސްކުރަން ހަމަޖެހިފައިވަނީ އެކި ބައިތަކަށެވެ. ފިލްމުގެ ފުރަތަމަ ބައި ރިލީސްކުރަން ހަމަޖެހިފައިވަނީ 2021 ވަނަ އަހަރު ދިވާލީގައެވެ.
"ފިލްމުގައި ދްރައުޕަދީގެ ރޯލު ކުޅުމަށް ވަރަށް އެކްސައިޓްވެފައި މިހުރީ. މިއީ ލައިފްޓައިމް ރޯލެއް." މުމްބާއީ މިރޯއަށް ދިން އިންޓަވިއެއްގައި ދީޕިކާ ބުންޏެވެ.
މިވަގުތު ދީޕިކާގެ ރިލީސްވާން އޮތް ފިލްމަކީ "ޗަޕާކް" އެވެ. އެ ފިލްމުގައި އޭނާ ކުޅެނީ އިންޑިއާގެ އެސިޑް އެޓޭކް ސަވައިވާއެއް ކަމަށްވާ ލަކްސްމީ އަގަރްވާލްގެ ރޯލެވެ. ފިލްމު ރިލީސްކުރަނީ އަންނަ އަހަރުގެ ޖެނުއަރީގައެވެ.