ކައިވެންޏަށް ތައްޔާރުވަމުން އަންނަ ޕްރިޔަންކާ އިންޑިއާގައި މިވަގުތު ދަނީ އޭނާ މިހާރު ކުޅެމުން އަންނަ ފިލްމް "ސްކައި އިސް ޕިންކް" ގެ ޝޫޓިން ކުރިއަށް ގެންދަމުންނެވެ.
އިއްޔެ ވަނީ ސެޓްގައި އުޅެނިކޮށް ޕްރިޔަންކާގެ ޕޮޓޯއެއް ލީކްވެ ވައިރަލް ވެފަފައެވެ. މީގެ އިތުރުން ޕްރިޔަންކާ، ފަރްހާން އަދި ޒާއިރާ ގެ ފޮޓޮއެއްވެސް ނެޓްގައި ދައުރުވަމުން ދާއިރު އޭގެން އެމީހުން ފިލްމުގައި ކުޅެނީ ކޮންކަހަލަ ރޯލެއްކަން ކޮންމެވެސް ވަރަކަށް ދެނެގަނެވެއެވެ.
ލީކްވި އަނެއް ފޮޓޯގައި ޕްރިޔަންކާ އާއި ފަރްޚާން މޫނުގައި މާސްކް އަޅައިގެން ފިލްމުގެ ސްކްރިޕްޓް ކިޔަން ތިއްބެވެ. މިދުވަސްކޮޅު ދިއްލީގައި ވަނީ ދިވާލީއަށް ފަހު ވަރަށް ބޮޑަށް ވައި ނުސާފުވެ މާސްކް އަޅައިގެން އުޅެން އިލްތިމާސްކޮށްފައެވެ.
ސްކައި އިސް ޕިންކް އަކީ ޝޮނާލީ ބޯސް ގެ ފިލްމެކެވެ. މި ފިލްމަކީ މޯޓިވޭޝަނަލް ސްޕީކަރ އައިޝާ ޗޯދްރީ ގެ ދިރިއުޅުމުގެ މައްޗަށް އުފައްދާ ފިލްމެކެވެ. ފިލްމް ރިލީސްކުރަން ހަމަމެހިފައިވަނީ އަންނަ ފެބްރުއަރީގައެވެ.