ބޮލީވުޑް

ނިކް އާއި ޕްރިޔަންކާއަށް ޝާހިދުގެ ނަސޭހަތެއް

ބަތަލު ޝާހިދު ކަޕޫރާއި ބަތަލާ ޕްރިޔަންކާ ޗޯޕްރާ ފިލްމު "ކަމީނޭ" ޝޫޓިން ތެރޭގައި ރައްޓެހިވި ކަމުގެ އަޑުތައް މީގެ ކުރިން ވަނީ ފެތުރިފައެވެ. މިހާރު ދެތަރިންވެސް އަމިއްލަ އާއިލާ ވަކިން ފަށައިގެން އުޅޭއިރު ދެތަރިންވެސް އުޅެނީ އުފަލުންނެވެ.

ނޭހާ ދޫޕިޔާގެ ނޯފިލްޓާ ނޭހާގައި ޕްރިޔަންކާ އަދި ނިކް ޖޯނަސްއަށް ޝާހިދުގެ ފަރާތުން ދޭނެ ނަސޭހަތަކީ ކޮބައިތޯ ވަނީ އަހައިފައެވެ. ޝާހިދު ބުނިގޮތުގައި އެ ދެމީހުންގެ ދެމެދުގައިވެސް "އަންޑަސްޓޭޑިން" އޮތުން މުހިންމު ކަމަށެވެ. ހާއްސަކޮށް އެެހާ ބިޒީކޮށް ދެ ބެކްގްރައުންޑްގައި މަސައްކަތް ކުރާ ދެމީހުންކަމުން އަންގަސްޓޭޑިންއަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް ޝާހިދު ފާހަގަކުރިއެވެ.

މީގެ ކުރިންވެސް ޝާހިދު ވަނީ ނިކް އަދި ޕްރިޔަންކާއަށް ނަސޭހަތް ދީޕައެވެ. އެގޮތުން އޭރު ކަރަން ޖޯހަރުގެ ކޮފީ ވިތު ކަަރަންއަށް ދިން އިންޓަވިއުގައި ނިކްއަށް ނިސްބަތްކޮށް ޝާހިދު ބުނީ އޭނާ ގުޅިގެން އުޅޭނީ އޮރިޖިނަލް ދޭސީ އަންހެނަކާ ކަމަށެވެ. އަދި ނިކް، ޕްރިޔަންކާ ދޫކޮށްނުލުމަށް ވަނީ އެދިފައެވެ.

ޝާހިދު އެންމެ ފަހުން ފެނިގެން ދިޔަ ފިލްމު "ކަބީރު ސިންގް" ވަނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ހޯދައިފައެވެ. ދެން ޝާހިދު ފެނިގެންދާނީ ޓެލްގޫ ސްޕޯޓްސް ޑްރާމާ ފިލްމެއް ކަމަށްވާ "ޖާޒީ" އިންނެވެ. އެ ފިލްމު ރިލީސްކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޮގަސްޓްގައެވެ.