މަރުތައް ތަހުގީގުކުރާ ކޮމިޝަން

މަރު ކޮމިޝަނުން ތަހުގީގުކުރާ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމަށް އިއުލާންކޮށްފިއެވެ.

އެ ކޮމިޝަނުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން ހޯދުމަށް އިއުލާންކޮށްފައިވަނީ މ. ކުރިރުއްގެ، އިރުފާން ރުޝްދީއެވެ. ނަމަވެސް އޭނާ ހޯދަމުންދަނީ ކޮން މައްސަލައެއްގައި ކަމެއް އެ ކޮމިޝަނުން ހާމަކޮށްފައެއް ނުވެއެވެ.

މަރާލާފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން ހޯދުމަށް އިއުލާންކުރި އިރުފާނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ނަމަ، 3015795 ނުވަތަ 3015786 އަށް ގުޅައި، އެ މައުލޫމާތު ހިއްސާކޮށްދިނުމަށް އެ ކޮމިޝަނުން އެދެއެވެ.

މީގެ ކުރިން މަރުގެ މައްސަލައެއްގައި ފުލުހުން ވެސް ވަނީ އިރުފާން ހޯދަން އިއުލާންކޮށްފައެވެ. އޭރު އޭނާ ހޯދަން ފުލުހުން އިއުލާންކުރީ 2016ގެ ޖޫން މަހުގެ ކުރީކޮޅު މާލޭގައި ހިންގި މާރާމާރީއެއްގައި ވަޅި ހަރައި، ފާތިރު މުހައްމަދު މަރާލި މައްސަލައިގައެވެ.